Advertisement

ހޯމް ސެކްޓަރ ޕްރެސްގައި މިނިސްޓަރ އިޙްސާން

14 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހިލޭ އެހީގައި ބިދޭސީންގެ އެކޮމޮޑޭޝަންތަކެއް އެޅުމަށް މެލޭޝިއާ ކުންފުންޏަކުން ސަރުކާރަށް ލިބުނު ޕްރޮޕޯސަލްއަށް އިކޮނޮމިކް ކައުންސިލުން ރުހުންދީފި

ބިދޭސީ މަސައްކަތްތެރިން، ހާއްސަކޮށް "އަންސްކިލްޑް" ބިދޭސީ މަސައްކަތްތެރިން ރާއްޖޭގައި މަސައްކަތް ކުރާ މުއްދަތުގައި އެމީހުން ބެއިތިއްބުމަށް ހާއްސަ އެކަމޮޑޭޝަން ބްލޮކްތަކެއް އެޅުމަށް މެލޭޝިއާގެ ކުންފުންޏަކުން ހުށަހެޅި ހުށައެޅުމަކީ، ކުރިޔަށް ދިއުން ރަގަޅު ހުށަހެޅުމެއްކަމަށް އިކޮނޮމިކް ކައުންސިލުން ނިންމާފައިވާކަމަށް، މިނިސްޓަރ އޮފް ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، އޮނަރަބަލް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިއަދު ކުރިޔަށްދިޔަ ހޯމް ސެކްޓަރ ޕްރެސް ބްރީފިންގައެވެ.

މެލޭޝިއާގެ މި ކުންފުނިން ހުށަހަޅާފައިވަނީ، މި އެކޮމޮޑޭޝަން ބްލޮކްތައް އެޅުމަށް އެމީހުން އަމިއްލައަށް ޚަރަދުކުރާ ގޮތަށެވެ. އަދި މެލޭޝިއާގެ ކުންފުނިން މިހާތަނަށް އަންދާޒާ ކޮށްފައިވަނީ މާލޭ ސަރަހައްދުގައި އެއްލައްކަ ބިދޭސީން ބައިތިއްބޭނެ ތަންތަން ގާއިމް ކުރުމަށެވެ. އެއީ ހުޅުމާލެ ފޭސް-1، ފޭސް-2، މާލެ އަދި ތިލަފުށި ހިމެނޭހެންނެވެ.

އެ ކުންފުނިން ގާއިމްކުރާ އެކޮމޮޑޭޝަންތަކުގައި ހުންނާނެކަމަށް ހުށަހަޅާފައިވާ ޚިދުމަތްތައް ވެސް މިނިސްޓަރ ވަނީ މީޑިއާތަކާ ހިއްސާކުރައްވާފައެވެ. އެގޮތުން ސިއްހީ ފަރުވާ ހޯދާނެ ކްލިނިކާ، ބޭންކިން ޚިދުމަތާ، ބޯކޮށާ ތަންތަނާ، އެމީހުންގެ އެކި ބޭނުންތަކަށް ބޭނުންވާނެ އެއްޗެހި ލިބޭނެ ފިހާރަތަކާ، ލޯންޑްރީ ހިދުމަތާ، ރެކްރިއޭޝަނަލް ސަރަހައްދަކާ، ބަދިގެއާ، ކާގެ އަދި ނަމާދުކުރާތަން ހިމެނޭނެކަމަށް ވެއެވެ.

މީގެ އިތުރުން، އެކޮމޮޑޭޝަންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރު ކުރުމަށް، އެ ތަނަށް ވަދެ ނިކުމެ ހަދާ މީހުން ބަލަހައްޓާނީ އެމީހުންގެ ބަޔޮމެޓްރިކްސް ބޭނުންކޮށްގެން ކަމަށް ވެސް ހުށަހެޅުމުގައި ވެއެވެ. އެގޮތުން، މި ސޮފްޓްވެއަރއެއް  މެދުވެރިކޮށް އެތަނަށް ވަދެ ނިކުމެ ހަދާ މީހުންގެ ރެކޯޑު ބެލެހެއްޓުމުގެ އިތުރުން، އެމީހުންގެ ވިޒާގެ މައުލޫމާތު އެނގޭނެ ފެންވަރުގެ ސިސްޓަމެއް ގާއިމްކުރާނެކަމަށް ބުނެފައިވެއެވެ. މިއީ ވެސް އެ ކުންފުނީގެ ހުށަހެޅުމުގެ ތެރޭގައި ހިމެނޭކަމެކެވެ.

މެލޭޝިއާގެ ކުންފުނިން މި އެކަމޮޑޭޝަންތައް އަޅާނީ ސަރުކާރުން ދައްކާ ބިމެއްގައި، ސަރުކާރުން އެއްބަސްވާ ކުއްޔެއް ދައްކައިގެން ކަމުގައި ވެސް އެ ހުށަހެޅުމުގައިވެއެވެ.

މި ޚިދުމަތްތަކުގެ އަގެއްގެ ގޮތުގައި އެމީހުން ހުށަހަޅާފައިވަނީ، އެތާންގައި އުޅޭ ކޮންމެ މީހެއްގެ ބޮލަކަށް 100 އެމެރިކާ ޑޮލަރެވެ. މިނިސްޓަރ ފާހަގަ ކުރެއްވި ގޮތުގައި މިއީ ރާއްޖޭގައި މިހާރު ވެސް އެވަރެޖްކޮށް ބިދޭސީން ތިބުމަށް ކުރާ ހޭދައާ ގާތްގަނޑަކަށް އެއްހަމަ އަދަދެކެވެ.

މި ޕްރޮޕޯސަލް 1 މާޗް 2024 ގައި މިނިސްޓްރީއަށް ލިބުމާއެކު، މިއީ ސަރުކާރުން ހައްލު ހޯދަން ބޭނުންވާކަމަކާ ގުޅޭ ޕްރޮޕޯސަލްއެއް ކަމުން، 13 މެއި ގައި މި ޕްރޮޕޯސަލް ދިރާސާ ކުރުމަށް އިކޮނޮމިކް މިނިސްޓަރީގައި ގާއިމްކޮށްފައިވާ އިންވެސްޓް މޯލްޑިވްސްއަށް ހިއްސާ ކުރެއްވި ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވެވިއެވެ. އަދި އޭގެ ފަހުން އިންވެސްޓް މޯލްޑިވްސް އިން 9 ޖޫން ގައި މި ޕްރޮޕޯސަލް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އަދި ޖެހިގެން އައި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުގައި މި ކަރުދާހަށް މަޝްވަރާކޮށް، މިއީ ކުރިޔަށް ދިއުން ރަގަޅުކަމެއް ކަމަށް ވަނީ ނިންމާފައެވެ.

މި ނިންމުމާއެކު، މެލޭޝިއާގެ ކުންފުންޏާއެކު، މި މަސައްކަތުގެ ފަހުގެ މަޝްވަރާތައް މިހާރު ފަށާފައިވާކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.