Advertisement

އިމިގްރޭޝަންގެ އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

17 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އިމިގްރޭޝަންގެ އޮޕަރޭޝަންތަކުގައި ހިފަހައްޓާ ބިދޭސީން ރެގިއުލަރައިޒެއް ނުކުރެވޭނެ: ކޮންޓްރޯލާރ

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ، އެފަދަ ފަރާތްތައް ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ކުރިޔަށްދާ މި ދަނޑިވަޅުގައި ވެސް، ގަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ގަވާއިދާއި އެއްގޮތަށް (ރެގިއުލަރައިޒް ކުރުން) ބަދަލުކުރެވޭނެ ކަމަށާއި، ނަމަވެސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައުމަށްފަހު އެ ދޮރު ބަންދުވެގެން ދާނެކަމަށް، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝައްމާން ވަޙީދު ވިދާޅުވެއްޖެއެވެ. ޝައްމާން މިހެން ވިދާޅުވީ މިއަދު އިމިގްރޭޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

އިމިގްރޭޝަނުން މިއަދު ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ބުނާ ގޮތުން، 2023 ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން 2024 ޖުލައި 15 ވަނަ ދުވަހާ ހަމައަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް 153 އޮޕަރޭޝަނެއް ވަނީ ހިންގާފައެވެ. މި އޮޕަރޭޝަންތަކުގެ ތެރޭގައި އިމިގްރޭޝަންގެ ޤާނޫނުގެ އިތުރުން، ރާއްޖޭގައި ހަދާފައިވާ އެހެނިހެން ޤަވައިދުތަކާއި ޤާނޫނުތަކާ ޚިލާފުވެފައިވާ ބިދޭސީންވެސް ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

އެގޮތުން، ފުލުހުންނާ ގުޅިގެން ކުރިޔަށް މި ގެންދާ އޮޕަރޭޝަންތަކުގައި، ބޭރުފައިސާގެ ވިޔަފާރި ކުރުމުގައި ޝާމިލްވާ ބިދޭސީންނާއި، ޤަވާއިދާ ޚިލާފަށް ވިޔަފާރިތައް ކުރާ ބިދޭސީންނާއި އެކަންކަމުގައި ޝާމިލްވާ ބިދޭސީންނާއި، ހަށިވިއްކުމުގެ ވިޔަފާރިކޮށް އެ ވިޔަފާރި ހިންގާ ބިދޭސީންނާއި، ޑްރަގްގެ މައްސަލަތަކުގައި ހިމެނޭ ބިދޭސީންނާއި، އިމިގްރޭޝަނަށް ހުށަހަޅާފައިވާ ތަފާތު މައްސަލަތަކާ ގުޅޭ ބިދޭސީން ހިމެނޭކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

މީގެ ތެރެއިން ޤަވާއިދާއި ޚިލާފަށް ކުދި ވިޔަފާރިތައް ހިންގާ ބިދޭސީންނަށް ޙާއްސަކޮށް 42 އޮޕަރޭޝަނެއް މިހާތަނަށް ހިންގާފައިވެއެވެ. އަދި މި އޮޕަރޭޝަންތަކުގައި 118 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

ގަވާއިދާއި އެއްގޮތަށް ބަދަލުކުރުމުގެ މަރުހަލާއަކީ، މިނިސްޓްރީ އޮޕް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ މެންޑޭޓުގައި ހިމެނޭ ބައެކެވެ. ނަމަވެސް މި މަރުހަލާ ފުރިހަމަ ކުރުމަށް އެޕްލިކޭޝަން ހުށަހަޅާނީ އެކްސްޕެޓް ޕޯޓަލްއަށެވެ.

2021 ފެބުރުވަރީ 15 ވަނަ ދުވަހަށް ފަހުން ސައްހަ ވޯކް ޕާމިޓެއް ނެތް އަދި މި ތާރީހުގެ ފަހުން ވޯކް ޕާމިޓް ފީއެއް ދައްކާފައިނުވާ ބިދޭސީންނަށް ގަވާއިދާ އެއްގޮތަށް ބަދަލުކުރެވޭނެކަމަށް ވަންގަވް ސަޕޯޓުން މައުލޫމާތުދެއެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކުރިޔަށް ގެންދިޔަ ރެގިއުލަރައިޒޭޝަން ޕްރޮގްރާމުގެ ތެރެއިން ގަވާއިދާއި އެއްގޮތަށް ބަދަލުވުމަށްފަހު އަނެއްކާ ވެސް ގަވާއިދާ ހިލާފުވެފައިވާނަމަ، ދެން އެ ފުރުސަތެއް ނޯވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.