Advertisement

"އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ހަފުލާގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް

25 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ޖަނާހުގެ ކުންފުނިން ވާރކް ޕާމިޓް ފީގެ ގޮތުގައި ދައުލަތަށް 12 މިލިއަނަށް ވުރެން ގިނަ ފައިސާ ނުދައްކާ

ބިދޭސީ މަސައްކަތްތެރިންނަށް ވަޒީފާ ދޭ ފަރާތުން ދައުލަތަށް ކޮންމެ މަހަކު ދައްކަންޖެހޭ ވާރކް ޕާމިޓް ފީ، ކޯޓާ ފީ އަދި ޖޫރިމަނާގެ އަދަދު 100،000ރ. (އެއް ލައްކަ ރުފިޔާ) އަށް ވުރެން އިތުރުވާ ފަރާތްތަކުގެ ނަންތައް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ބުދަ ދުވަހު ގެޒެޓުކުރި އިރު، އެ ލިސްޓުގެ ހަތަރު ވަނައިގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ ޕްރިންސިޕަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް އޮން ޓްރޭޑް އެންޑް އިންވެސްޓްމަންޓްގެ މަގާމުގައި ހުންނެވި، މުޙައްމަދު ޢަލީ ޖަނާހުގެ ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ހިމެނިއްޖެއެވެ.

މިނިސްޓްރީ އިން އާންމުކުރި ލިސްޓުގައިވާ ގޮތުން، އެ ކުންފުނިން ވަނީ ވާރކް ޕާމިޓް ފީގެ ގޮތުގައި ދައްކަންޖެހޭ 11،161،150ރ. (އެގާރަ މިލިއަން އެއް ލައްކަ ފަސްދޮޅަސް އެއް ހާސް އެއް ސަތޭކަ ފަންސާސް ރުފިޔާ) އާއި ކޯޓާ ފީގެ ގޮތުގައި ދައްކަންޖެހޭ 1،406،000ރ. (އެއް މިލިއަން ހަތަރު ލައްކަ ހަ ހާސް ރުފިޔާ) އަދި ކެންސަލޭޝަން ފައިންގެ ގޮތުގައި ދައްކަންޖެހޭ 2،000ރ. (ދެހާސް ރުފިޔާ) ދައުލަތަށް ނުދައްކައެވެ. އެގޮތުން އެ ކުންފުނިން ވަނީ ބިދޭސީންނާ ގުޅުންހުރި ޖުމްލަ 12،569،150ރ. (ބާރަ މިލިއަން ފަސް ލައްކަ ފަސްދޮޅަސް ނުވަ ހާސް އެއް ސަތޭކަ ފަންސާސް ރުފިޔާ) ދައުލަތަށް ނުދައްކައެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ބުދަ ދުވަހު ގެޒެޓުކުރި ލިސްޓު

ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މިހާރުގެ މެނޭޖިންގް ޑިރެކްޓަރަކީ، މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޗެއާޕާސަންގެ މަގާމުގައި ޑިސެމްބަރު 27، 2023 އިން މެއި 22، 2024 ގެ ނިޔަލަށް ހުންނެވި އައިޝާ ނޫރައިން ޖަނާހްއެވެ.

ކުރިން އެމްއެމްޕީއާރުސީގެ އެމްޑީގެ މަގާމުގައި ހުްނެނެވި އައިޝާ ނޫރައިން ޖަނާހް "އެމް.އެން.އޭ.ސީ.އައި ބިލްޑަރ އެވޯޑްސް 2023" ހަފުލާގައި، ފޮޓޯ: ރައީސް އޮފީސް

ހޮޓެލްސް އެންޑް ރިޒޯޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ބޯޑު ޑިރެކްޓަކަށް އޭނާ އައްޔަންކޮށްފައިވަނީ ޖޫން 23، 2023 ގައެވެ. މި ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި މުޙައްމަދު ޢަލީ ޖަނާހުގެ އާއި އައިޝާ ނޫރައިން ޖަނާހްގެ އިތުރުން، އިތުރު ބޭފުޅަކު ނުހިމެނެއެވެ.

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ އިން ގެޒެޓުކުރި ލިސްޓުގައި ކުންފުނިތަކާއި އަމިއްލަ ފަރުދުން ހިމެނޭހެން 1026 ފަރާތެއްގެ ނަން ހިމެނެއެވެ. އަދި އެ ލިސްޓުގައި 10 މިލިއަނަށް ވުރެން ބޮޑު އަދަދަކުން ދައުލަތައް ފައިސާ ދައްކަންޖެހޭ 6 ކުންފުންޏެއް ހިމެނޭ އިރު، އެއް މިލިއަނަކަށް ވުރެން ގިނައިން ފައިސާ ދައްކަންޖެހޭ ޖުމްލަ 123 ފަރާތެއް ހިމެނެއެވެ. އެއީ ކުންފުނިތަކާ އަމިއްލަ ފަރުދުން ހިމެނޭ ހެންނެވެ.

މިނިސްޓްރީއިން ކުރި އިއުލާނުގައި، އެ ފައިސާ އޯގަސްޓް 12، 2024 ގެ ކުރިން ދައުލަތަށް ދެއްކުމަށް އަންގާފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި މި ފައިސާ ދައްކާ ޚަލާސްނުކޮށްފިނަމަ، އެފަރާތްތަކަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އައު ހުއްދަ ދިނުން ހުއްޓާލެވޭނެކަންވެސް އަންގާފައިވެއެވެ.

ކޮމެންޓް
މޮހޮނު
ނިކަމެއްޗަކު ވަރިހަމަ ކަރަންޓް 2 ބިލް ނުދެއްކި އޮތަސް ކަނޑާލާނެ
25 Jul 2024
އަލިބެ ހުޅުމާލެ
އަދި އިތުރަށް ކޮނެލައިފިއްޔަ ތިޔައީ ބޮޑު ފްރައުޑް މަކަރުވެރި ކުންފުންޏެއްކަން އަދިވެސް އިގޭނެއެވެ. ޜައީސްގެ ބޮލަށް މީނަ ސަވާރުވީގޮރެއް ނުވިސްނެއެވެ. އަނގަ ވަރަށް މޮޅުވާނެއެވެ. ފޮނިކަން ހުންނާނީ އިންތިހާގައެވެ.
25 Jul 2024
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.