Advertisement

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ނާރެސް ޕޯޓަލް އާއި ކުރަނގި އޮޕަރޭޝަންގެ ދެ ވަނަ ފޭސް ރައީސް މުއިއްޒު އިފުތިތާހު ކޮށްދެއްވަނީ، ފޮޓޯ: ރައީސް އޮފީސް

20 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފަށާފައިވާ "ކުރަނގި" އޮޕަރޭޝަން މުޅި ރާއްޖެއަށް ފުޅާކޮށްފި

ރާއްޖެއަށް ކުރިމަތިފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމުގައިވާ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ނިމިދިޔަ ސަރުކާރު ފަދައިން މި ސަރުކާރުން ވެސް ވެފައިވާ ބޮޑު ވައުދެކެވެ. އެ މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން ފަށާފައިވާ "ކުރަނގި" އޮޕަރޭޝަންގެ ދެވަނަ ފިޔަވަހި ވަނީ ހުކުރު ދުވަހުގެ ރޭ ދަރުބާރުގޭގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާހު ކޮށްދެއްވާފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މި ފޭސްގައި ކައުންސިލްތަކަށް ދޫކުރާ ފިންގަޕްރިންޓް މެޝިންތަކުގެ އެހީގައި، އެ ރަށެއްގައި ތިބޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން ނަގާނެ ކަމަށެވެ. އަދި އެއަށްފަހު އެ ބިދޭސީންގެ މައުލޫމާތުތައް ހޯމް މިނިސްޓްރީގެ ސެންޓްރަލް ޑޭޓާ ސެންޓަރަށް ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ފޭސް 2 ގައި ކައުންސިލްތަކަށް މި ބާރުވެރިކަން ދިނުމުން ރާއްޖޭގައި ގަވާއިދާ ހިލާފަށް މީހުން އުޅެމުންދާ މައްސަލަ އަށް ދާއިމީ ހައްލެއް ހޯދުމުގެ ފުރަތަމަ ބައި ނިމުނީ،"

ދަރުބާރުގޭގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އިތުރަށް ވިދާޅުވީ، ރަށްރަށުގައި އުޅޭ ބިދޭސީންގެ ދަފްތަރު އެކުވާލައި ބެލެހެއްޓުމަކީ ކައުންސިލްތަކަށް ގާނޫނީ ގޮތުން މަތިކޮށްފައިވާ ކަމަކަށް ވިޔަސް އެއީ މިހާތަނަށް އުނދަގޫ މަސައްކަތެކެވެ. ބައެއް ކައުންސިލްތަކުން މިހާރު ވެސް ބިދޭސީންގެ ދަފްތަރު ބަލަހައްޓާ ކަމަށާއި އެ ކަމަކު އެއީ 100 ނުވަތަ 200 ވަރަކަށް ބިދޭސީން ތިބޭ ރަށްރަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރަނގި" އޮޕަރޭޝަނަކީ ރާއްޖޭގައިދިރިއުޅޭ ހުރިހާ ބިދޭސީންގެ އައިޑެންޓިޓީ ދެނެގަތުމަށް ކުރިއަށް ގެންދާއޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޮމެޓްރިކް އައިޑެންޓިފިކޭޝަންގެ ތެރެއިން ފިންގަޕްރިންޓާއި ފޭޝަލް ރިކޮގްނިޝަން ވެސް އަންނަނީ އެއްކުރަމުންނެވެ.

"ކުރަނގި" އޮޕަރޭޝަންގެ ފުރަތަމަ ފިޔަވަހި ފަށާފައިވާ މި އަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު ކ. ހިންމަފުށީގައެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ކުރިން ވިދާޅުވެފައި ވަނީ މުޅި ރާއްޖޭގައި ފަށާ މި މަސައްކަތް ނިންމަން އަމާޒު ކަނޑައަޅާފައި ވަނީ ތިން އަހަރު ދުވަހުންނެވެ. އެގޮތުން، އޮޕަރޭޝަނުގެ ފުރަތަމަ ބައިގެ މަސައްކަތް ނިންމަން އަމާޒު ހިފާފައި ވަނީ އެއް އަހަރު ދުވަހުން ކަމަށާއި، އެ މުއްދަތުގައި މަސައްކަތްކުރާނީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ނިޒާމުގެ ތެރެއަށް ވެއްދުމަށް ކަމަށް ވެސް މިނިސްޓަރ އިހުސާން ވިދާޅުވެފައިވެއެވެ.

ކޮމެންޓް
ހިޔަލަ ޕެއާ
ހައްދަވައިގެން ތެދެއް ނުހަދާއިރު މީހަމަ ބޮޑު ކުރަނގި ގުއި ގަނޑެއް
20 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.