Advertisement

އިމިގްރޭޝަންގެ ރެއިޑް އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

12 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ކުޅުދުއްފުށީގައި ބިދޭސީން ބައިވެރިވެގެން ޤަވާއިދާ ޚިލާފަށް ކުރަމުންދާ ވިޔަފާރިތައް ރިޕޯޓުކުރުމަށް ސިޓީ ކައުންސިލުން އެދިއްޖެ

ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުން މަނާ ދާއިރާތަކުގައި ބިދޭސީން ބައިވެރިވެގެން ކުރަމުންގެންދާ ވިޔަފާރިތަކާއި، އެފަރާތްތަކުން ރަޖިސްޓްރީނުކޮށް ކުރާ ވިޔަފާރިތަކުގެ މަޢުލޫމާތު އެއްކޮށް، ތަންފީޛީ އިދާރާތަކަށް ރިޕޯޓްކުރުމުގެ މަސައްކަތް ކުރުމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ނިންމާފައިވާތީ، އެ މައުލޫމާތު އެ އިދާރާއަށް ރިޕޯޓު ކުރުމަށް އެދިއްޖެއެވެ.

އެ އިދާރާއިން ހާމަކުރި ގޮތުގައި، ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ބިދޭސީން ބައިވެރިވެގެން ކުރަމުންގެންދާ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާ މި ދަނޑިވަޅުގައި، އެކަން ހާސިލް ކުރުމަށް ސަރުކާރުގެ ހުރިހާ އިދާރާއަކުން މަސައްކަތް ކުރަންޖެހޭނެއެވެ.

ބިދޭސީން ބައިވެރިވެގެންކުރާ ކޮންމެ ވިޔަފާރިއަކީވެސް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ހުއްދަ ހޯދައި، ރަޖިސްޓްރީ ކޮށްގެން ކުރަންޖެހޭ ވިޔަފާރިއެކެވެ.

ރާއްޖޭގައި ބިދޭސީން މަސައްކަތް ކުރުން މަނާ ދާއިރާތައް:

* ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭގޮތަށް)

* ހޯލްސޭލް ޓްރޭޑް - އިމާރާތްކުރުމަށް ބޭނުންވާ މުދާފިޔަވައި

* ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް

* ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް

* ކާބޯތަކެތި ވިއްކުމުގެ ޚިދުމަތް (ކެފޭ، ރެސްޓޯރެންޓް އަދި ބޭކަރީ ހިންގުން)

* ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރިތައް (އިމާރާތް ކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)

* އެމްޕްލޯއިމަންޓް އޭޖެންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތް

* ޓްރެވަލް އޭޖެންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް

* ލޭންޑްސްކޭޕިން މަސައްކަތް

* ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ޤައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް

* ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން

* ޖެނެރަލް ކްލނިކް ހިންގުމުގެ މަސައްކަތް

* ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް

* ޕްރޮގްރާމިން އަދި ބްރޯޑްކާސްޓިން މަސައްކަތް

* ޤާނޫނީ ވަކީލުންގެ ޚިދުމަތް

* ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް

* ޕިކްނިކް އައިލެންންޑް ތަރައްޤީކުރުމާއި ހިންގުން

* ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން

* ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން

* ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން

* ދުންފަތުގެ އިސްތިޢުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން

* ލަކުޑިން ތަކެތި އުފެއްދުން ( ފަރުނީޗަރު ފިޔަވައި)

* މައިނިންގ އެންޑް ކޮރީންގްގެ މަސައްކަތް

* މައިނިންގ އޮފް ސޭންޑް

* ފޮރެސްޓްރީ

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.