Advertisement

ފޮޓޯ: މޯލްޑިވްސް އިމިގްރޭޝަން

07 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ސާފު ތާހިރުކަން ކުޑަ ތަނެއްގައި ބިދޭސީން ބަންދު ކުރަމުން ދިޔަ ޕެކެޓުތަކުގެ ލޭބަލްތައް އިމިގްރޭޝަނުން އާންމުކޮށްފި

ލުއިކާނާގެ ގޮތުގައި ހިމެނޭ ތަކެތި ސާފު ތާހިރުކަން ކުޑަ ތަނެއްގައި ޕެކެޓުކޮށް ވިއްކަމުން ދިޔަ ތަނެއް އަންގާރަ ދުވަހު އިމިގްރޭޝަނުން ރެއިޑުކުރުމާ ގުޅިގެން، އެތަނުގައި ޕެކެޓު ކުރަމުން ދިޔަ ތަކެތީގެ ތަފްސީލު ދިނުމަށް އާންމު ގިނަ ފަރާތްތަކެއް އެދެމުން ދިއުމުން، އެ މައުލޫމާތު އިމިގްރޭޝަނުން ހިއްސާކޮށްފިއެވެ.

އާންމުން އެކަމަށް އެދިފައިވަނީ އެފަދަ ތަކެތި ފިހާރައަކުން ގަނެގެން ބޭނުންކުރެވިދާނެތީ އާއި އެ ތަކެތި އުފެއްދުމުގައި ސާފުތާހިރުކަމަށް ނުބަލާތީ ފެތުރިދާނެ ބައްޔަކަށް ސަމާލުވުމުގެ ގޮތުންނެވެ. އެގޮތުން އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ގިނަ ފަރާތްތަކަކުން އެތަނުގައި ތައްޔާރުކޮށް ވިއްކަމުންދިއަ ކާބޯތަކެތީގެ ތަފްސީލު ހޯދުމަށް އެދޭތީ، އެ މައުލޫމާތު ހިއްސާކުރީ ކަމަށެވެ.

ހަނާކުރި ފޯއް ޕެކެޓު، ފޮޓޯ: އިމިގްރޭޝަން

ތެލުލި ފަތް ޕެކެޓު، ފޮޓޯ: އިމިގްރޭޝަން

ހެލެނބެލި ހުތް ޕެކެޓު، ފޮޓޯ: އިމިގްރޭޝަން

"އަތުޖެހި" ޖަހާފައިވާ ކުދި ގުޅަ ޕެކެޓު، ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަނުން އާންމު ކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، އޭގެ ތެރެއިން ތެލުލި ފަތް ޕެކެޓުގެ ލޭބަލްގައި ޖަހާފައިވަނީ "އަލް ބަރަކަ ޕްރޮޑަކްޓް" އެއް ކަމަށެވެ. އަދި ހަނާކުރި ފޯއް ޕެކެޓުގެ ލޭބަލުގައި ޖަހާފައިވަނީ "އަލް ބަރަކަ ފުޑް ޕްރޮޑަކްޓް" މިހެންނެވެ. ހެލެނބެލި ހުތް ޕެކެޓާއި ކުދި ގުޅަ ޕެކެޓުގައި އެ މައުލޫމާތު ސާފެއް ނުވެއެވެ.

އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި، އަންގާރަ ދުވަހުގެ އެ އޮޕަރޭޝަނަކީ "އިމިގްރޭޝަން ވޮޗް"އަށް ލިބުނު ރިޕޯޓާކާ ގުޅިގެން ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެކެވެ. އަދި ރެއިޑު ކުރި ތަނަކީ ދިރިނޫޅެވޭވަރަށް ބާވެ ވީރާނާވެފައިވާ ގެއެއް ކަމަށް ވެސް އެ އިދާރާ އިން ވަނީ ހާމަކޮށްފައެވެ.

އެ އޮޕަރޭޝަނުގައި އިމިގްރޭޝަންގެ ޤަވައިދާ ޚިލާފަށް އެތަނުގައި ދިރިއުޅެމުންދިޔަ 3 ބިދޭސީއަކު ވަނީ އެ އިދާރާގެ ބެލުމުގެދަށަށް ގެންގޮސްފައެވެ.

އަންގާރަ ދުވަހުގެ އޮޕަރޭޝަނާ ގުޅިގެން އިމިގްރޭޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، އެ ރެއިޑުގައި ފެނުނު ކާބޯތަކެތީގެ ބާވަތްތައް ގިނަ ފިހާރަ ތަކުގައި ވިއްކަން ހުންނާތީ އެކަން ހުއްޓުވުމުގެ މަގުސަދުގައި، އެ މައުލޫމާތު ވާނީ ކަމާގުޅުންހުރި އިދާރާތަކާ ހިއްސާކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.