Advertisement

17 Jul 2024
ޚަބަރު
މިފްތާޙް މުޙައްމަދު

އިމިގްރޭޝަނާ ގުޅުންހުރި މައުލޫމާތު ރިޕޯޓު ކުރުމަށް ޕޯޓަލްއެއް ލޯންޗު ކޮށްފި

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައުލޫމާތާއި އަދި އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތަކާއި މައުލޫމާތު ރިޕޯޓު ކުރުމަށް، މޯލްޑިވްސް އިމިގްރޭޝަނުން "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޕޯޓަލްއެއް އިފްތިތާހު ކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހު ކޮށްފައި ވަނީ މިއަދު އެ އިދާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިންނެވެ.

މި  ޕޯޓަލް މެދުވެރިކޮށް އިމިގްރޭޝަނާ މައުލޫމާތު ހިއްސާ ކުރެވޭނީ އެ އިދާރާގެ ޑިޖިޓަލް ސާވިސްތަކަށް ހާއްސަކޮށްފައިވާ އިމުގާ މެދުވެރިކޮށެވެ.

މި ޕޯޓަލް އިފްތިތާހު ކުރުމަށްފަހު ކޮންޓްރޯލާ ޖެނެރަލް މުޙައްމަދު ޝައްމާން ވަޙީދު ވިދާޅުވީ، މިއީ ރައްޔިތުންނާ ގުޅިގެން އިމިގްރޭޝަނާ ގުޅުންހުރި މައްސަލަތައް ހައްލު ކުރެއްވުމުގެ މަގުސަދުގައި އިފްތިތާހު ކުރެވުނު ޕޯޓަލް އެއް ކަމަށެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް ކާކުކަން ނޭންގޭނޭހެން މައްސަލަތައް ރިޕޯޓު ކުރެވޭނެ ކަމަށާއި، އެއީ ދުނިޔޭގެ "ބެސްޓް ޕްރެކްޓިސް" ކަމުގައި ވެސް ފާހަގަކޮށްފައިވެއެވެ.

މި ޕޯޓަލްއަށް ވަންނައިރު، އެންމެ ފުރަތަމަ ވެސް ބުނެފައިވަނީ، އެ ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ މައުލޫމާތު އިމިގްރޭޝަނުން ވަރަށް ސީރިއަސްކޮށް ނަގާނެ ކަމަށާއި، އެނގިހުރެ ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ހިއްސާ ކުރުމަކީ ގާނޫނާ ހިލާފުކަމެއް ކަމަށެވެ. އަދި އެއަށްފަހު، އެމީހަކު ހުށަހަޅާ މައްސަލައިގެ ބާވަތް އިހްތިޔާރު ކުރުމަށްފަހު، އެ މައްސަލައެއް މި ޕޯޓަލް މެދުވެރިކޮށް ހިއްސާ ކުރެވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.