Advertisement

ބޯކޮށާ ތަންތަނަށް ހާއްސަކޮށް ހުޅުމާލޭގައި އިމިގްރޭޝަނުން ހިންގި އިންސްޕެކްޝަންގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން

08 Aug 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ހުޅުމާލެއިން ޗެކްކުރި ބޯކޮށާ ހަ ތަނުގެ ތެރެއިން ހަތަރު ތަނެއް ބަންދުކޮށްފި

ގަވާއިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން މަދުކުރުމުގެ ގޮތުން މޯލްޑިވްސް އިމިގްރޭޝަނުން މިހާރު ހިންގަމުންދާ އޮޕަރޭޝަންތަކުގެ ތެރެއިން، ބުދަ ދުވަހު ހިންގި އިންސްޕެކްޝަންގައި ހުޅުމާލޭގެ ބޯކޮށާ ހަތަރު ތަނެއް ބަންދުކޮށްފިއެވެ.

ސޯޝަލް މީޑިއާގައި އިމިގްރޭޝަނުން ހިއްސާ ކުރިގޮތުގައި، ބުދަ ދުވަހުގެ އިންސްޕެކްޝަން ހާއްސަކުރީ ހުޅުމާލޭގައި ބޯކޮށާ ތަންތަން ހިންގާ ތަންތަނަށެވެ.

އެގޮތުން 6 ތަނެއް ބަލާފާސްކޮށްފައިވާ އިރު އޭގެ ތެރެއިން 4 ތަނެއް ވަނީ ބަންދުކޮށްފައެވެ. އަދި މި އިންސްޕެކްޝަންގައި 7 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ނަމަވެސް ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ އިތުރު އެއްވެސް މައުލޫމާތެއް އިމިގްރޭޝަނުން ހިއްސާކޮށްފައެއް ނުވެއެވެ.

"ހުޅުމާލޭގައި ހިންގަމުންދާ ބޯކޮށާ ތަންތަނަށް އަމާޒުކޮށްގެން މިއަދު ހިންގި ރެއިޑުގައި 06 ތަނެއް ވަނީ ބަލާ ފާސްކޮށްފައި. މީގެތެރެއިން 04 ތަނެއް ބަންދުކޮށް، ގަވާއިދާ ހިލާފަށް އުޅޭ 07 ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ވަނީ ގެނެވިފައި."

ސޯޝަލް މީޑިއާގައި އިމިގްރޭޝަނުން ހިއްސާ ކުރި ޕޯސްޓުގައި ވެއެވެ.

އަންގާރަ ދުވަހު އިމިގްރޭޝަނުން ވަނީ ލުއިކާނާގެ ގޮތުގައި ހިމެނޭ ތަކެތި ސާފު ތާހިރުކަން ކުޑަ ތަނެއްގައި ޕެކެޓުކޮށް ވިއްކަމުން ދިޔަ ތަނެއް ރެއިޑުކޮށްފައެވެ. އަދި އެފަދަ ތަންތާ ތައްޔާރުކުރާ ތަކެތި ފިހާރަތަކުގައި ވިއްކަން ހުންނާތީ، އެފަދަ އެއްޗެއް ކައިގެން ހުށަހެޅިދާނެ ސިއްހީ ނުރައްކާތެރިކަމަކަށް ބަލައި، އިމިގްރޭޝަނުން ވަނީ އެ ތަކެތީގައި ހަރުކޮށްފައިވާ ލޭބަލް ވެސް އާންމުކޮށްފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.