Advertisement

14 Mar 2024
ޚަބަރު

ކަޅު ބާޒާރުގައި ބޭރު ފައިސާ ވިއްކަމުން ދިޔަ ބަޔަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ކުރަމުން ދިޔަ 7 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް އެ މުއައްސަސާއިން މިއަދު ބުނެފިއެވެ.

ކަޅު ބާޒާރުގައި ބޭރު ފައިސާގެ މުއާމަލާތް ހިންގާ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގާފައިވާ މި އޮޕަރޭޝަންގައި ބަލާފާސްކޮށްފައިވަނީ، އެ އިދާރާގެ އޮފީސްތަކެއް ހިންގަމުން އަންނަ މ. ސްޓަރކްލައުޑްސް އިމާރާތުގެ ކައިރިއެވެ. މި އިމާރާތުގެ ތިރީގައި ހުންނަ ބޭންކު އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމްތަކުގެ ކައިރީގައި އަބަދުވެސް ބިދޭސީން ތިބެއެވެ. އަދި އޭޓީއެމުން ނިކުންނަ މީހުނާއެކު ޑޮލަރުގެ މުއާމަލާތް ކުރުމަށް މި މީހުން އަންނަނީ އަބަދުވެސް މަސައްކަތް ކުރަމުންނެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިންގާފައިވާ މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން ހިއްސާކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން ހިންގުމުގެ އެއް ސަބަބަކީ މި ބިދޭސީންގެ ގިނަ ޝަކުވާތަކެއް އެ މުއައްސަސާއަށް ލިބެމުން ދިއުމެވެ. އަދި އޮޕަރޭޝަންގެ ހިންގާފައިވަނީ މި ސަރަހައްދުގައި ހަރަކާތްތެރިވާ ބިދޭސީންގެ ހަރަކާތްތައް ކުރިއާލާއި ދެނެގަތުމަށްފަހުކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ.

މި އޮޕަރޭޝަންގައި އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔަ 7 މީހުންނަކީ ވެސް ފުޅާ ދާއިރާއެއްގައި ގަވާއިދާ ހިލާފަށް ކަޅު ބާޒާރުގައި ޑޮލަރުގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީންކަމަށާއި، މީގެތެރޭގައި ސައްހަ ވީޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، ދޫކޮށްފައިވާ ހުއްދައިގެ ބޭރުން މަސައްކަތްކުރާ ބިދޭސީން ހިމެނޭކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.