Advertisement

ބަނގުލަދޭޝް މީހުން އީދު ދުވަހު ބަކަރި ކަތިލަނީ --

20 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ޤަވާއިދުން ވޯކްޕާމިޓް ފީ ނުދައްކާ، 96,145 ބަނގުލަދޭޝް މީހުން އެބަތިބި

ރާއްޖޭގައި އުޅޭ ބަނގުލަދޭޝްގެ ބިދޭސީ މަސައްކަތު މީހުންގެ ތެރެއިން، ޤަވާއިދާއި އެއްގޮތަށް ވޯކްޕާމިޓް ފީ ދައްކަނީ، 39004 މީހުން ކަމުގައި ހޯމް މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ދިރިއުޅޭ ޤަވާއިދާއި ޚިލާފު ބިދޭސީންގެ މައްސަލަތަކާއި، ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާނާއި ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިޙްސާން ވިދާޅުވީ، ބަނގްލަދޭޝް މީހުންނަށް ދޫކުރެވިފައިވާ ވޯކް ޕާމިޓްތަކުގެ ތެރެއިން މިހާރުވެސް އެކްޓިވް ޕާމިޓްގެ ގޮތުގައި، 135،149 މީހުންނަށް ދޫކުރެވިފައިވާ ވޯކް ޕާމިޓް ހިމެނޭކަމަށާއި، އެހެން ނަމަވެސް ވާއިދާއި އެއްގޮތަށް ވޯކްޕާމިޓް ފީ ދައްކަނީ، 39004 މީހުން ކަމަށެވެ. އެހެންކަމުން ބަނގުލަދޭޝްގެ 96,145 މީހުންނަކީ ވިސާ ފީ ނުދައްކާ ތިބި މީހުންނެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ، އެކްޓިވް ޕާމިޓްގެ ގޮތުގައި، 135،149 މީހުންނަށް ވޯކް ޕާމިޓް ދޫކުރެވިފައި ވީނަމަވެސް އެ އެންމެންނަކީ، ރާއްޖޭގައި ތިބި މީހުންނަށް ނުވެދާނެ ކަމަށެވެ. އަދި ދޫކުރެވިފައިވާ ވިސާ ފީ ނުދައްކާ ތިބި މީހުންނަކީވެސް ޤަވާއިދާއި ޚިލާފު މީހުން ކަމުގައި ނިންމި ދާނެ ކަމުގައި ވެސް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް، ދިރިއުޅޭ ބިދޭސީންގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމުގައިވެސް ހޯމް މިނިސްޓަރވެސް ވަނީ ފާހަގަކުރައްވާފައެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.