Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން --

07 Feb 2025
ޚަބަރު

ދެމައިން މަރުވި މައްސަލައިގައި ޖިނާޢީ ތަޙްޤީޤެއް ހިންގަނީ

ގއ. ވިލިގިލީގައި އިއްޔެގެ ވަގުތެއްގައި ތުއްތުކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ބެލުމަށް ޖިނާޢީ ތަހުގީގެއް ހިންގުމަށް އަންގާފައިވާ ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

އިޙްސާން ވިދާޅުވީ އެކަމުގައި އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންވަނީ ދިވެހި ފުލުހުންނަށް އަންގާފައި ކަމަށެވެ. ދެމައިން ނިޔާވެ ދިޔަ ހާދިސާގައި ކަމާއި ބެހޭ ފަރާތްތަކުގެ އިހުމާލު އޮތްކަމަށް އާއިލާއިން ވަނީ ތުހުމަތުކޮށްފައެވެ.

ޗެނަލް 13 އަށް ދިން ބަސްދީގަތުމުގައި، ނިޔާވި، ޝިއުނާ ތައުފީޤުގެ ފިރިމީހާ، ޝިފާޒު ޒާހިރު ބުނީ އޭނާގެ އަނބިމީހާ އާއި އަނބިމީހާ ވިހޭ ދަރިފުޅު ނިޔާވެގެން ދިޔުމުގައި ހޮސްޕިޓަލާއި ކަމާއި ބެހޭ ފަރާތްތަކުގެ އިހުމާލުވުން އޮތް ކަމަށް ޤަބޫލުކުރާ ކަމަށެވެ. މި

ގޮތުން ރޯގާޖެހި ނޭވާއަށް އުނދަގޫވާތީ، ގއ އަތޮޅު ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިޔުމުން އެކަށީގެންވާ ފަރުވާ ނުލިބުމާއި، އިތުރު ފަރުވާއަށް ނުފޮނުވި 24 ގަޑިއިރަށް ވުރެ ގިނަ އިރުވުން އޭނާ ފާހަގަކުރިއެވެ.

ކޮމެންޓް
ސުރުހީ
ކަލެއަކަށް ތިކަމެއްނުވާނެ ތިމައްސަލަނިމޭއިރު އޮންނާނީ މަރުވި ދެ މައިން ކުއްވެރިވެފާ ނުވަތަ އެމްބިއުލާސް ކުއްވެރިވެފާ
08 Feb 2025
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.