Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

05 Jan 2024
ޚަބަރު

މަޖިލިސް އިންތިހާބަށް ވާދަކުރުމުގެ ފުރުސަތު ޑިކޮމްރެޓްސް އިން ހުޅުވާލައިފި

މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ދަ ޑިމޮކްރެސްޓްސްގެ ޕްރައިމަރީގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް 4 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. އެ ޕާޓީގެ މަޖިލިސް ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ 17 ފެބްރުއަރީގައެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ ޕްރައިމަރީގައި ވާދަކުރެވޭނީ 4 ފެބްރުއަރީ 2024 ވާ އާދީއްތަ ދުވަހުގެ ހަވީރު 4:00 އާ ހަމައަށް ޕާޓީގެ ދަފްތަރުގައި ޖެހިފައިވާ މެންބަރުންނަށް ކަމަށެވެ. ޕްރައިމަރީގައި ވޯޓު ދެވޭނީވެސް އެ މުއްދަތުގައި ދަފްތަރުގައި ޖެހިފައިވާ މެންބަރުންނަށް ކަމަށްވެސް ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސް އިން ބުނި ގޮތުގައި އެ ޕާޓީގެ މަޖިލިސް އިންތިޚާބުގެ ޕްރައިމަރީގައި ވޯޓުލެވޭ މީހުންގެ ވަގުތީ ލިސްޓު 6 ފެބްރުއަރީގައި އާއްމު ކުރާނެއެވެ. އަދި ޝަކުވާތަކަށް ބެލުމަށްފަހު 11 ފެބްރުއަރީގައި ދާއިމީ ލިސްޓު އާއްމު ކުރާނެއެވެ.

ޕްރައިމްރީއަށް ކުރިމަތިލާ މެންބަރުންނަކީ ޤާނޫނުއަސާސީއާއި މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ މީހަކަށް ވާން ޖެހޭނެ ކަމަށް ޑިމޮކްރެޓްސް އިން ބުނެއެވެ. ޕްރައިމަރީގައި ދާއިރާއަކަށް އެންމެ މެންބަރަކު ކުރިމަތިލައިފިނަމަ އެ މެންބަރަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ލިބޭނެކަމަށްވެސް ޑިމޮކްރެޓްސް އިން ބުންޏެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.