Advertisement

ރާއްޖޭގައި ދިރިއުޅޭ ބިދޭސީން --

12 May 2024
ޚަބަރު
ޢަލީ ސުލައިމާން

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަށް މިސަރުކާރުން ދިއްކޮށްލަނީ "ޒައިތޫނި ފަތްކޯޅިއެއް": ސިއްދީޤު

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް މިސަރުކާރުން ދިއްކޮށްލަނީ ޒައިތޫނި ފަތްކޯޅިއެއް، ނުވަތަ ޞުލްޙަިއގެ އަތެއް ކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަޙްމަދު ސިއްދީޤު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، ހޯމް މިނިސްޓްރީގެ ދަށުން ހިންގާ މުއްސަސާތަކުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ފުލުހުންގެ އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ބަޔޮމެޓްރިކް ޑާޓާ އެއްކުރުމަށް މިހާރު، ހޯމް މިނިސްޓްރީން ކުރިޔަށްގެންދާ އޮޕަރޭޝަން "ކުރަނގި" އާއި ގުޅޭ ގޮތުން ސްޓޭޓް މިނިސްޓަރ ސިއްދީޤު ވިދާޅުވީ، އެޕްރޮގްރާމްގެ ތެރޭގައި އެއްވެސް މީހަކު ހިފައި ހައްޔަރު ކުރުމެއް ނޯންނާނެ ކަމަށެވެ.

" މިޕްރޮގްރާމް ކުރިޔަށް ގެންދާއިރުގައި، އަޅުގަނޑުމެން ސަރުކާރުގެ ފަރާތުން، ޤަވާއިދާއި ޚިލާފަށް މީހުންނަށް ދިއްކޮށްލާ ޒައިތޫނި ފަތްކޯޅިއެއް. ޞުލްޙައިގެ އަތެއް. މިޕްރޮގްރާމްގެ ތެރޭގައި އެއްވެސް މީހަކު ހިފައި ހައްޔަރު ކުރުމެއް ނޯންނާނެ. އެއީ ޤަވާއިދާއި ޚިލާފަށް އުޅޭ މީހެއް ކަމުގައި ވިޔަސް. އޭނާގެ ބަޔޮމެޓްރިކަލީ އޭނާގެ ފިންގަރޕްރިންޓް ނަގާފައި، ފޮޓޯ ނަގާފައި އަޅުގަނޑުމެން މި ޕްރޮގްރާމްގެ ތެރެއިން ދޫކޮށްލާނީ."

 މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް ލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ، އަޙްމަދު ސިއްދީޤު --

ސިއްދީޤު ވިދާޅުވީ، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންނަކީ ނުވަތަ ލޭބަރުންނަކީ އަންޑޮކިއުމެންޓެޑް ބައެއް ކަމުގައި ބެލެވެން ނޯންނާނެ ކަމަށާއި އެއީ ޤަވާއިދާއި ޚިލާފަށް އުޅޭ ބައެއް ކަމަށެވެ. އަދި ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންނަށް މި ޕްރޮގްރާމްގެ ތެރެއިން ރެގިއުލަރައިޒް ވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމުގައިވެސް ސިއްދީޤު ވިދާޅުވިއެވެ. އަދި އެފުރުޞަތުގެ ބޭނުން ނުހިފާ ފަރާތްތައް ރާއްޖެއިން ފޮނުވާ ލެވޭނެ ކަމުގައިވެސް ސިއްދީޤު ވިދާޅުވިއެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަަލަ އަކީ ބޮޑު މައްސަލައެއް ނަމަވެސް އެމައްސަލައަށް ހައްލެއް ނުލިބި ދުވަހުން ދުވަހަށް މައްސަލަ ދަނީ ގޯސްވަމުންނެވެ. އަދި ބިދޭސީންގެ ސަބަބުން ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ހާލަތެއް ކުރިމަތިވަމުން އަންނަ ކަމުގެ އިންޒާރުތައްވެސް އެކަމާއި ގުޅޭ ތަޖުރިބާކާރުން ގެންދަނީ ދެއްވަމުންނެވެ. ފާއިތުވި އަހަރުތަކުގައި ރާއްޖޭގައި ބިދޭސީން ހިންގަމުން އަންނަ ކުށުގެ އަމަލުތައް އަންނަނީ އިތުރުވެ ގިނަ ވަމުންނެވެ.

ކޮމެންޓް
ބޮޑުދޮރާށި
ކުށްކުރުމަށް ފުރުސަތު ހުޅުވާލަނީ. ގަވާއިދުން ެއުޅޭ މީހުނަށް ސުމެއް.
13 May 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.