Advertisement

ދަ ޑިމޮކްރެޓްސްއިން ބޭއްވި އިންތިޚާބުގެ ތެރެއިން ---

04 Dec 2023
ޚަބަރު

ޑިމޮކްރެޓްސްއިން ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާގައި އަރާފައިވާ އޮޅުންތަކަށް މަޢާފަށް އެދިއްޖެ

ޑިމޮކްރެސީގެ ހަމަތައް ނެގެެހެއްޓުމަށް ކަމަށް ބުނެ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުން އުފެއްދެވި ޕާޓީގެ ދަ ޑިމޮކްރެޓްސްގެ އިންތިޚާބުގެ ނަތީޖާތައް އާއްމު ކުރުމުގައި އަރާފައިވާ އޮޅުންތަކަށް އެޕާޓީން މަޢާފަށް އެދިއެއްޖެއެވެ.

ދަ ޑިމޮކްރެކްޓްސްގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށްދެއްވީ، މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމެވެ. ޢަލީ އާޒިމް އެކްސްގައި ކުރައްވި ޕޯސްޓެއްގައި ވިދާޅުވީ،  ރޭގައި ވަގުތީ ނަތީޖާ އިއުލާން ކުރިއިރު ދެންނެވިން 4 ރަށެއްގެ ފޮށީގެ ނަތީޖާ ނުލިބޭ ވާހަކަ ދެންނެވި ކަމަށާއި، ވަގުތީ ނަތީޖާގައި މިހާރު އެ ހަތަރު ފޮށީގެ ވޯޓު ހިމަނާފައިވާ ކަމަށެވެ. އަދި ރޭގައި ބާތިލް ވޯޓުގެ އަދަދު 50 ކަމަށް ދެންނެވުނީ އޮޅުމަކުން ކަމަށާއި، ރަނގަޅު ގޮތަކީ ބާތިލް 25 ވޯޓްކަމަށާއި އެކަމަށް ވަރަށް ބޮޑަށް މަޢާފަށް އެދޭ ކަމުގައި އާޒިމް ވިދާޅުވިއެވެ.

ވޯޓުލުން ނިމުނުތާ 28 ގަޑިއިރު ފަހުން، ދަ ޑިމޮކްރެޓްސްއިން އެޕާޓީގެ އެތެރޭގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނު ކުރި އިރު، އިންތިޚާބު އޮޅުވާލާފައިވާ ކަމަށް އެޕާޓީގެ ބައެއް މެމްބަރުންވެސް ތުހުމަތުކޮށްފައިވެއެވެ. އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ވޯޓުގައި ރައީސްގެ މަޤާމުގެ ވޯޓުގެ އަދަދުތަކާއި ބާޠިލް ވޯޓުގެ އަަދަދު ދިމާ ނުވާކަން ފާހަގަކުރެވިގެން ދިޔައެވެ.  ބާތިލް ވޯޓުގެ އަދަދު ދިމާނުވި ސަބަބު ސާފުކޮށްދީ އާޒިމް ވަނީ އެކަމަށް މަޢާފަށް އެދިވަޑައިގެންފައެވެ.

ވަގުތީ ނަތީޖާގެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު 5 ޑިސެމްބަރ 14:00 ހަމައަށް ހުޅުވާލާފައިވާ ކަމުގައިވެސް ދަ ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.