Advertisement

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު ޢަލީ އާޒިމް --

29 Dec 2023
ޚަބަރު
ޢަލީ ސުލައިމާން

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ މަޤާމު ދަ ޑިމޮކްރެޓްސްއަށް ގެއްލިއްޖެ

އެމްޑީޕީގެ 13 މެމްބަރަކު ޕީއެންސީއަށް ސޮއެކުރެއްވުމާއިއެކު، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ޕާޓީގެ ގޮތުގައި އޮތް ދަ ޑިމޮކްރެޓްސްއަށް އެމަޤާމު ގެއްލިއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ދެވަނައަށް އެންމެ ގިނަ މެމްބަރުން ތިއްބެވި ޕާޓީއަކީ، ދަ ޑިމޮކްރެޓްސް އުފެދުނު ފަހުން މިހާތަނަށް އެޕާޓީއެވެ. އެޕާޓީގައި ތިއްބެވި 13 މަޖިލިސް މެމްބަރުންނަކީ، އެމްޑީީޕީގެ ޓިކެޓްގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވުމަށްފަހު، އެތެރޭގެ ޚިޔާލުތަފާތުވުންތަކާއި ގުޅިގެން އެމްޑީޕީ ދޫކޮށްލައްވައި އައު ސިޔާސީ ޕާޓީއެއް އުފެއްދެވި ބޭފުޅުންނެވެ.

ދަ ޑިމޮކްރެޓްސް ރަޖިސްޓްރީވެ އަދި މެމްބަރުން ޕާޓީއަށް ސޮއެކުރެއްވުމާއި އެކު، ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީޕާޓީގެ މަޤާމު ދަ ޑިމޮކްރެޓްސްއަށް ލިބި، މައިނޯރިޓީ ލީޑަރުގެ މަޤާމު ލިބިވަޑައިގަތީ، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހަށާއި، އެމްޑީޕީއަށް އެންމެބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު ޢަލީ އާޒިމަށެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިއްބެވުމަށްފަހު، މަޖިލީހުގެ ރައިސް މުޙައްމަދު ނަޝީދާއި، މަޖިލީހުގެ ނައިބު ރައީސް އީވާ ޢަބުދުﷲ ދަ ޑިމޮކްރެޓްސްއަށް ސޮއެކުރެއްވުމާއިއެކު މަޖިލީހުގެ ރައީސާއި ނައިބު ރައީސް ކަމުގެ މަޤާމުވެސް ލިބުނީ އެޕާޓިއަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ޕްރެޝަރުތަކާއި އެކު އެދެބޭފުޅުންވެސް މަޤާމު އިސްތިއުފާ ދެއްވީއެވެ.

މިރޭ ޕީއެންސީއަށް އެމްޑީޕީގެ 13 މެމްބަރުން ސޮއިކުރެއްވުމާއި އެކު އެޕާޓީގެ މެމްބަރުންގެ މިހާރުގެ އަދަދަކީ 15 އެވެ. މިއާއެކު، ރައްޔިތުންގެ މަޖިލީހަށް ޕީއެންސީއަށް އަލަށް ގުޅިވަޑައިގެންނެވި މެމްބަރުން ގުޅިވަޑައިގެންނެވިކަން އެންގުމުން ޢަލީ އާޒިމަށް މައިނޯރިޓީ ލީޑަރުކަން ގެއްލިގެންދާނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ، އެމްޑީޕީގެ މެމްބަރު މުޙައްމަދު އަސްލަމެވެ. ނައިބު ރައީސަކީ، އެމްޑީޕީީގެ މެމްބަރު އަޙްމަދު ސަލީމެވެ. އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރަކީ، މުޙައްމަދު ހުސައިންނެވެ. މިސަރުކާރުގެ މަޤާމުތަކަށް ވަޑައިގެންނެވުމަށް ޕީޕީއެމްޕީއެންސީގެ 6 މަޖިލިސް މެމްބަރަކު މެމްބަރުކަމުގެ ގޮނޑި ދޫކޮށްލެއްވުމާއި އެކު މިހާރު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ 80 މެމްބަރުންނެވެ.

މަޖިލީހުގައި މެމްބަރުން ތިބި އަދަދުތައް؛

އެމްޑީޕީ، 43 މެމްބަރުން

ޕީއެންސީ، 15 މެމްބަރުން

ދަ ޑިމޮކްރެޓްސް، 13 މެމްބަރުން

މިނިވަން މެމްބަރުންގެ ގޮތުގައި 3 މެމްބަރުން

ޖުމްހޫރީ ޕާޓީ، 2 މެމްބަރުން

އެމްޑީއޭ، 2 މެމްބަރުން

ޕީޕީއެމް، 2 މެމްބަރުން

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އުމުރު، އަންނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހަށް ހަމަވާނެއެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބާކީ ދެން އޮތީ އެއްދައުރެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.