Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން ---

27 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމި ނިންމުމާއި ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފި

އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލި މީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ނިންމި ނިންމުމާއި ގުޅިގެން ސަރުކާރުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަނަސް މަރާލުމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލި 7 މީހުންގެ މައްޗަށްވެސް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލްކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެހުކުމާއި ގުޅިގެން އާއްމުންނާއި އެހެން ފަރާތްތަކުންވެސް ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިއަދު ހޯމް މިނިސްޓްރީން ނެރުނު ނޫސް ބަޔާނުގައިވެސް ވަނީ އެކަމާއި މެދު ކަންބޮޑުވުންފާާޅުކޮށްފައެވެ.

ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ، ރ. މީދޫ ފެންފިޔާޒްގޭ މުހައްމަދު އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީ، އަނިޔާވެރިގޮތަކަށް މަރާލާފައިވާ މައްސަލައިގައި، ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވާ، ހުރިހާ ފަރާތްތަކުގެ މައްޗަށް ދައުވާ ސާބިތު ނުވާކަމަށް ކްރިމިނަލްކޯޓުން ނިންމާފައިވާ ނިންމުމަކީ، ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެެވެ.

އެމައްސަލައިގައި ދައުލަތުން ޖުމުލަ 7 މީހެއްގެ މައްޗަށް ދައުވާ އުފުލާފައިވާ ވާކަން ފާހަގަކޮށް، ހޯމް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު، ކުރިމިނަލް ކޯޓުން ކުރި ޙުކުމުގައި، މުހައްމަދު އަނަސް މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ އެއްވެސް ފަރާތެއްގެ މައްޗަށް އެކުަށް ކުރިކަން ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވާކަމަށް ވަނީ ނިންމާފައި ކަމަށެވެ. އަދި އެމައްސަލައިގައި، މުހައްމަދު އަނަސްއަށް ހަމަލާދީފައި ވަނީ، އާއްމުންގެ ތެރޭގައި ކަމަށް ވެފައި، އެހާ ހާމަކަން ބޮޑު ގޮތެއްގައި މީހެއްގެ ފުރާނައަށް ގެއްލުން ދިނުމުންވެސް އެމައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކަށް އަދަބެއް ނުލިބި ދިއުމަކީ، ތަންފީޛީ އިދާރާތަކާއި، ޢަދުލު އިންޞާފު ޤާއިމްކުރުމުގެ ޒިންމާ ހަވާލުވެފައިވާ މުއައްސަސާތަކާމެދު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާ ކަމެއްކަން ފާހަގަކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން، ޤާނޫނުގެ ބާރު ނެގެހެއްޓުމަށް ހުރަސް އެޅި، ކުށްކުރާ ފަރާތްތަކަށް ކުށްކުރުމަށްފަހު ޤާނޫނީ އަދަބުން ބަރީޢަ ވެވޭނޭ ކަމުގެ ޔަޤީންކަން ލިބިގެންދާނެކަން ހިތާމަޔާއެކު ފާހަގަކުރާ ކަމުގައިވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމިނިސްޓްރީން ވިދާޅުވީ، އެފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށާއި، ޤާނޫނުގެ ބާރު ނެގެހެއްޓުމަށް ޖިނާޢީ ޢަދުލުގެ ނިޒާމްގެ ތެރޭގައި ހިމެނޭ، ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތަކަކީ ކޮބައިތޯ ބެލުމުގެ މަސައްކަތް ބަންޑާރަ ނައިބުގެ އޮފީހުން މިހާރު ވަނީ ފަށާފައި ކަމަށެވެ.

މީގެ އިތުރުން އަނަސް މަރާލުމުގައި ބައިވެރިވިކަމަށް ތުހުމަތު ކުރެވުނު މީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް، ކުރިމިނަލްކޯޓުން ކުރި ހުކުމާއި ގުޅިގެން ދެން އެޅެންހުރި ފިޔަވަޅުތަކަކީ ކޮބައިތޯ ބެއްލެވުމުގެ މަސައްކަތް ޕްރޮސެކިއުޓަރ ޖެނެރަލް ކުރައްވަމުން އެބަގެންދަވާ ކަމުގެ ޔަޤީންކަން ދެއްވާފައި ވާކަމުގައިވެސް ހޯމް މިނިސްޓްރީގެ ބަޔާނުގައި ބުނެފައެވެ.

ލިޓަސް ގަރާޖުގެ ތެރޭގައި މުޙައްމަދު އަނަސްއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި ވަނީ، ޖުލައި 31 2017 ގައެވެ. ގުރޫޕަކުން އަނަސްއަށް ދިިން ހަމަލާއަކީ އެހެން މީހަކަށް އެމީހުން އަމާޒު ކުރި ހަމަލާއެކެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.