Advertisement

އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ އިންތިޚާބުގެ ތެރެއިން ---

04 Dec 2023
ޚަބަރު
ނޫން

ވޯޓުލުން ނިމުނުތާ 28 ގަޑިއިރު ފަހުން ވަގުތީ ނަތީޖާ އިއުލާނުކޮށް ހަސަންލަތީފް ރައީސްކަމަށް ހޮވުނުކަން އިއުލާނުކޮށްފި

ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިޚާބުގެ ވޯޓުލުން ނިމުނުތާ 28 ގަޑިއިރު ފަހުން ވަގުތީ ނަތީޖާ އިއުލާނުކޮށް އެޕާޓީގެ މުއައްސިސް އަލްއުސްތާޛު ހަސަންލަތީފް ރައީސްކަމަށް ހޮވުނުކަން އިއުލާނުކޮށްފިއެވެ.

ވަގުތީ ނަތީޖާ އިއުލާނުކޮށްފައި ވަނީ، މިރޭގެ 8:00 އިރުުގައި ދަ ޑިމޮކްރެޓްސްގެ ހަރު ގޭގައެވެ. ވަގުތީ ނަތީޖާ އިޢުލާނުކޮށްދެއްވީ ޢަލީ އާޒިމެވެ. އޭނާ ވިދާޅުވީ، މި އިންތިޚާބުގައި ވޯޓުލާފައި ވަނީ، 3029 މެމްބަރުން ކަމަށެވެ. އަދި ހަސަން ލަޠީފަށް ލިބިވަޑައިގަތީ 1704 ވޯޓުކަމަށާއި، އޭނާ އާ ވާދަކުރެއްވި ޙުސައިން އަމުރަށް ލިބިވަޑައިގަތީ، 1300 ވޯޓު ކަމަށެވެ. އަދި 50 ވޯޓު ބާޠިލްވި ކަމުގައިވެސް އާޒިމް ވިދާޅުވިއެވެ.

ވޯޓުލުން ނިމުނުތާ 28 ގަޑިއިރު ފަހުން، ދަ ޑިމޮކްރެޓްސްގެ ރައީސް ކަމަށް ޙަސަން ލަތީފް ހޮވުނުކަން އިއުލާނު ކުރިއިރު، އިންތިޚާބު ކާމިޔާބުވިކަން އަމްރުވެސް ވަނީ ޢިއުލާނުކުރައްވާފައެވެ.

އިއްޔެ ބޭއްވި އިންތިޚާބު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުތައް އަމްރުގެ ސަޕޯޓަރުންކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.