Advertisement

އޮޕަރޭޝަން "ކުރަނގި"ގެ ދަށުން ހިންމަ ފުށީގައި ބިދޭސީންގެ މައުލޫމާތު އެއްކުރުން ===

18 Jun 2024
ޚަބަރު

ރަށްރަށުގައި މަސައްކަތް ކުރުމަށް ހުއްދަ ހޯދަން ބިދޭސީން އިތުރު ފީއެއް ދައްކާކަށް ނުޖެހޭނެ: މިނިސްޓަރ

ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތު މީހުން އަތޮޅުތަކުގެ ރަށްރަށުގައި މަސައްކަތް ކުރާއިރު، ރަށު ކައުންސިލްތަކުން ހުއްދައެއް ހޯދަންޖެހޭ ގޮތަށް ހަމަޖެއްސި ނަމަވެސް އެހުއްދައަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމުގައި ހޯމް މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިޙްސާންދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ރާއްޖޭގައި އުޅޭ ބިދޭސީ މަސައްކަތު މީހުން އަތޮޅުތަކުގެ ރަށްރަށުގައި މަސައްކަތް ކުރުމުގައި ރަށުކައުންސިލްތަކުން ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަމަޖައްސަވާނެ ކަމަށެވެ. އެކަން ތަފްސީލްކޮށްދެއްވައި، މިނިސްޓަރ އިޙްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ނިންމުމަކީ. ބިދޭސީންގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ކުރިއަށް އޮތް 3 އަހަރަށް ކުރިޔަށް ގެންދާ ޕްލޭންގެ ތެރޭގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތު އެއްކޮށް ތައްޔާރުކުރަމުންދާ ޑާޓާ ބޭސްގެ އެކްސެސްވެސް ކައުންސިލްތަކަށް ލިބިގެންދާނެ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރ އިޙްސާން ވަނީ، އަތޮޅުތަކުގެ ރަށްރަށުގައި ބިދޭސީން ދަފްތަރުކޮށް ބެލެހެއްޓުމުގެ ޤާނޫނީ ޒިންމާއެއް ކައުންސިލްތަކަށްވެސް އޮތްކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށްޓަކައި އެމީހުންގެ މައުލޫމާތު އެއްކޮށް ތައްޔާރުކުރާ ޑާޓާބޭސްގެ ސަބަބުން މައްސަލައަށް ހައްލެއް ހޯދޭނެކަމުގައިވެސް މިނިސްޓަރ އިޙްސާން ފާހަގަކުރައްވާފައިވެއެވެ.

ބިދޭސީންގެ މައުލޫމާތު އެއްކުރުމަށް "ކުރަނގި"ގެ ނަމުގައި، ޚާއްޞަ އޮޕަރޭޝަނެއް މިދިޔަ މަހުގައި ވަނީ ފަށާފައެވެ.

ކޮމެންޓް
ގަލަން
ބިދޭސީންނައް ހުރިހާމޮޅެއް މިގައުމުގަ އޮތީ
19 Jun 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.