Advertisement

ހޯމް މިނިސްޓަރ ޢަލީ އިޙްސާން ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: މަޖިލިސް

22 Mar 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެއަށް ބިދޭސީ މަސައްކަތްތެރިން ބޭނުންވާ މިންވަރު ބެލުމަށް ދިރާސާކުރަނީ

ރާއްޖެއަށް އަންސްކިލްޑް ލޭބަރުން ބޭނުންވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިޙްސާން މިހެން ވިދާޅުވީ، ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، ވަޒީރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި ވިލުފުށި ދާއިރާގެ މެމްބަރު ޙަސަން އަފީފް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މެމްބަރު ޙަސަން އަފީފު ސުވާލު ކުރައްވާަފައި ވަނީ، ރާއްޖޭގައި ބިދޭސީގެ މައްސަލަތައް ބޮޑުވެފައި ވާއިރު، ރާއްޖެއަށް ބިދޭސީން ބޭނުންވެފައި ވަނީ ކޮންދާއިރާއަކުން ކިހާވަރަކަށްތޯ ސަރުކާރުން ބަލާފައިވޭތޯ އާއި އެފަދަ މަސައްކަތެއް ކުރުމުގެ ވިސްނުމެއް ސަރުކާރުން ގެންގުޅުއްވާތޯއެވެ.

މެމްބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިޙްސާން ވިދާޅުވީ، ރާއްޖެއަށް ބޭނުންވާ އަންސްކިލްޑް ލޭބަރސްގެ ނީޑް އެނަލިސިސްއެއް މިހާރު ސަރުކާރުން ކުރަމުން އެބަގެންދާ ކަމަށާއި، މިއަދާއި ހަަމައަށް އެކަމުގެ ފުރިހަމަ ދިރާސާއެއް ހަދާފައި ނުވާކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިފަދަ އެނަލިސިސްއެއް ހެދޭއިރުގައި، ދިވެހިރާއްޖޭގައި ޕޮޕިއުލޭޝަންގެ ތެރޭގައި  އަންސްކިލްޑް ލޭބަރއަށް އޮތް ފުރުޞަތުތަކާއި، އަދި ލިބޭނެ މީހުންނާއި، އޭގެ އިތުރަށް އަޅުގަނޑުމެންގެ އިޤުތިޞާދު ކުރިއަރަމުންދާ ވަރަކަށް، އަދި ޚާއްޞަކޮށް ބޮޑެތި ޕްރޮޖެކްޓްތަކަށް، ކޮންސްޓްރަކްޝަން ރިލޭޓެޑް ބޮޑެތި ޕްރޮޖެކްޓްތައް ހިންގަމުންދާއިރުގައި، މީގެން އެރައިޒްވާ ނީޑާއި، ދެން އެ ގެޕް އެނަލައިޒްކޮށްފައި، އެގެޕަށް ބޭނުންވާ ނީޑް ހޯދަން މިއުޅެނީ."

ހޯމް މިނިސްޓަރ ޢަލީ އިޙްސާން

މިނިސްޓަރ އިޙްސާން ވިދާޅުވީ އެމޭރުމުން މަސައްކަތެއް ކުރެވެމުން އެބަދާކަމަށާއި، އެ (އެނަލަސިސް) ހެދުމަށްފަހުގައި، ޤާނޫނުގައި ބުނާ އެއްލައްކައިގެ އަދަދު ހިފެހެއްޓޭނެ އަދަދަކީ އެއީ ކަމުގައިވެސް މިނިސްޓަރ އިހްސާން ވިދާޅުވިއެވެ. އަދި މިހާރު އެއްލައްކަ ކަމަށް ކަނޑައަޅާފައި އޮތީ އާބިޓްރަރީކޮށް ކަމުގައިވެސް މިިނިސްޓަރ އިހްސާން ވިދާޅުވިއެވެ.

މިނިސްޓަރ އިޙްސާން ވިދާޅުވީ ބިދޭސީ މަސައްކަތްތެރިން ބޭނުންވާ މިންވަރުގެ ދިރާސާ ހެދުމަށްފަހުގައި އެބޭނުންވާ މިންވަރަށް ބަލާފައި، ނޫނީ މިހާރު އޮތް ގޮތް ބަދަލުކުރުމާއި ގުޅޭ ގޮތުން ހުށައެޅުމެއް ހުށަނާޅުއްވާނެ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ޤާނޫނުގައި މިހާރު ކަނޑައަޅާފައި ވަނީ، އަންސްކިލްޑް ލޭބަރުންގެ ގޮތުގައި އެއްޤައުމަކުން އެންމެ ގިނައިން ރާއްޖެއަށް ގެނެވޭނީ އެއްލައްކަ މީހުން ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.