Advertisement

11 Apr 2024
ޚަބަރު
މިފްތާޙް މުޙައްމަދު

ދެ އަހަރެއްހާ ދުވަހުން ބްލެކްމާކެޓުގައި ޑޮލަރު ވިއްކާ ރޭޓު 15.42 އަށް ގެނެވޭނެ: މިނިސްޓަރ ސައީދު

ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، ކަޅުބާޒާރުގައި އެމެރިކާ ޑޮލަރު ވިއްކާ އަގު 15.42ރ. އަށް ތިރިކުރެވޭނެ ކަމަށާއި، އެކަން ކުރައްވަން އެނގިވަޑައިގަންނަވާކަމަށް، މިނިސްޓަރ އޮފް އިކޮނޮމިކް އެންޑް ޓްރޭޑް، އަލްފާޟިލް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރ ސައީދު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހައްދުންމައްޗަށް ފެއްޓެވި ދަތުރުފުޅުގައި ލ. މާވަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

މި ޖަލްސާގައި މިނިސްޓަރ ސައީދުވަނީ، އެ ބޭފުޅުން އެކަން ކުރަންވަން ވިސްނަވާ ގޮތުގެ ބައެއްކަންކަން ހިއްސާ ކުރައްވާފައެވެ. އެ މަނިކުފާނު ފާހަގަ ކުރެއްވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ހުރިހާ ގައުމަކާ ވެސް ގުޅިގެން މަސައްކަތް ކުރާނެ ސަރުކާރެއް ކަމަށާއި، ޑޮލަރުގެ އަގު ތިރިކުރުމަށް މަސައްކަތް ކުރައްވާނީ އަވަށްޓެރި ގައުމުތަކާ ގުޅިގެން ކަމަށެވެ.

އެގޮތުން ދިވެހި ސަރުކާރުން މިހާރު ގެންދަނީ ޗައިނާއާއެކު 720 މިލިއަން އެމެރިކާ ޑޮލަރު، އަދި އިންޑިއާއާއެކު 780 މިލިއަން އެމެރިކާ ޑޮލަރުގެ ވިޔަފާރިކުރަމުން ކަމަށާއި، މި ދެ ގައުމާއެކީ ކުރެވެމުން މިދާ ވިޔަފާރީގެ މުއާމަލާތްތަކާއެކު އެމެރިކާ ޑޮލަރުގެ އަގު ތިރިކުރެވޭ ތަން ފެންނަކަމަށް އެމަނިކުފާނު ވިދާޅުވިއެވެ

"އަޅުގަނޑުމެން ވައިނާއާއެކު ވިޔަފާރި އެބަކުރަން 720 މިލިއަން އެމެރިކާ ޑޮލަރުގެ، އިންޑިއާއާއެކު 780 މިލިއަން އެމެރިކާ ޑޮލަރުގެ އެބަ ވިޔަފާރިކުރަން. ހަމައެކަނި މި ދެ ގައުމާ އެއްކޮށް އަޅުގަނޑުމެނަށް މިކަން ވާނެކަމުގެ ހުރިހާ ސިގްނަލްއެއް އެބަފެނޭ."

މިނިސްޓަރ އޮފް އިކޮނޮމިކް އެންޑްޓްރޭޑް، އަލްފާޟިލް މުޙައްމަދު ސައީދު 


މި މޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެ މަނިކުފާނު އިތުރަށް ވިދާޅުވީ، ސަރުކާރުން މިހާރުވާނީ ޗައިނާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރަށް ދިވެހި ރާއްޖެ އައުމަށް ދައުވަތު ދީފަކަމަށާއި، އަދި ގަވަރުނަރާއެކީ މަޝްވަރާ ކުރައްވާނީ ކަރަންސީ ސްވޮޕް އެރޭންޖުމެންޓުން ޓްރޭޑު ފެސިލިޓޭޝަނަށް ކަމަށެވެ. އެގޮތުން ޓްރޭޑު ފެސިލިޓޭޝަނުން ހަމައެކަނި 720 މިލިއަން ޑޮލަރުގެ ބައިކުޅަބައި ލިބުނަސް ދިވެހި ވިޔަފާރިވެރިން ޗައިނާއިން އިމްޕޯޓުކުރާ މުދަލަށް ދިވެހި ރުފިޔާ އިން ފައިސާ ދެއްކޭނެ މަގު ފަހިވެގެން ދާނެކަމަށް ވިދާޅުވިއެވެ.  

މީގެ އިތުރުން ސަރުކާރުގެ ވިސްނުން ހުރީ ޗައިނާއެކޭ އެއްގޮތަށް އިންޑިއާއިން ގެންނަ މުދަލަށް ވެސް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ ގޮތެއް ހޯދުމަށްކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ. އަދި ހަމައެކަނި މި ކަންކަމުން ވެސް ޑޮލަރުގެ ކުރިމަތީގަ ދިވެހި ރުފިޔާ %30 އާއި %40 އަށް ވަރުގަދަވެގެން ދާނެކަމަށާއި، ނަތީޖާއަކަށް ވާނީ 15.42 އަށް ވުރެން ދަށަށް ޑޮލަރުގެ އަގު ދިއުންކަމަށް މިނިސްޓަރ ސައީދު ފާހަގަ ކުރެއްވެވިއެވެ

ނަމަވެސް މި ހުރިހާ ކަމެއް ގޮސް ގުޅެނީ މަޖިލިސް އިންތިހާބާ ކަމަށާއި، މިކަން ކުރެވޭނީ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް މެޖޯރިޓީ ލިބިގެންކަން އެމަނިކުފާނު ފާހަގަ ކުރެއްވެވިއެވެ

ކޮމެންޓް
އިއްބެ
ސައީދު ދޮގުހެދުންތަންކޮޅެއްބޮޑު އެކަންމަޖިލީސްލިބުނަކަސްނުކުރެވޭނެ އެކަނވާނީވެރިކަމުގައިޤާބިލުމީހުންތިބެގެން
11 Apr 2024
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.