Advertisement

ފޮޓޯ: ސޯޝަލް މީޑިއާ

16 Oct 2023
ޚަބަރު

ލަފާކުރި އަދަދަށްވުރެ މިދިޔަ އަހަރު ދައުލަތައް ލިބުނު އާމްދަނީ އިތުރު

މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ 19.7 އިންސައްތަ އިތުރުކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީންގެ މިދިޔަ އަހަރުގެ ބަޖެޓު ނަތީޖާގެ ބަޔާނުގައި ވަނީ ބަޖެޓުގައި ލަފާކުރި އަދަދަށްވުރެ މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިތުރުކަމަށެވެ.

މިދިޔަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 24.2 ބިލިއަން ރުފިޔާއެވެ. އެހެންނަމަވެސް މިދިޔަ އަހަރު ނިމުނުއިރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ޖުމުލަ 29.1 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނައިފައިވާ އަންދާޒާއާއި އަޅައިބަލާއިރު 19.7 އިންސައްތަ އިތުރު އަދަދެކެވެ.

ކޯވިޑް ކޮންޓްރޯލުކުރުމަށް ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު، އެ ބަލިމަޑުކަން 2021 ވަނަ އަހަރުގެ ތެރޭގައި ކޮންޓްރޯލުކުރެވި، އެ އަހަރުގެ ތެރޭގައި ޤައުމުގެ އިޤްތިޞާދީ ޙާލަތު ކުރީގެ އަންދާޒާތަކަށްވުރެ ރަނގަޅުވެފައިވާކަމަށް މި ބަޔާނުގައި ބުނެފައިވެއެވެ.

މިދިޔަ އަހަރަށް ފާސްކުރި ބަޖެޓުގައި ހިމަނައިފައިވާ އަންދާޒާއަށްވުރެ އެ އަހަރުގެ ތެރޭގައި ދައުލަތަށް ލިބުނު އާމްދަނީ އިތުރުވި މައިގަނޑު އެއް ސަބަބަކީ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު، ކުރިން ލަފާކުރި މިންވަރަށްވުރެ އިތުރުވުމެވެ.

މި ބަޔާނުގައި ބުނެފައިވަނީ ޓެކުހުގެ ގޮތުގައި މިދިޔަ އަހަރު ދައުލަތަށް ލިބުނު އާމްދަނީ ކުރިން އަންދާޒާކުރި މިންވަރަށްވުރެ އިތުރެވެ، ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ލިބޭ އާމްދަނީއާއި ބިންވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ، އަންދާޒާކުރި ވަރަށްވުރެ އިތުރުވެފައިވާތީ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ އިތުރުވެފައިވާކަމަށެވެ.

މިދިޔަ އަހަރު ޖީ.އެސް.ޓީގެ ގޮތުގައި 3.1 ބިލިއަން ރުފިޔާ ދައުލަތަށް ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ހިމަނައިފައިވާ އަންދާޒާއާ އަޅައިބަލާއިރު 10.7 އިންސައްތަ އިތުރު އަދަދެއް ކަމަށް ބަޖެޓު ނަތީޖާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.