Advertisement

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ --

29 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ރާއްޖެ ބަނގުރޫޓުވިޔަ ނުދިނުމަށް އިންޑިއާއާއެކު ކަރަންސީ ސްވޮޕްއެއް ހަދަނީ

ރާއްޖެއަށް ދިމާވެފައިވާ އިޤުތިޞާދީ ނާޒުކު ހާލަތުން އަރައި ގަތުމަށްޓަކައި، ރިޒާވް ބޭންކް އޮފް އިންޑިއާ އާއެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕްއެއް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމުގައި މަރުކަޒީ ބޭންކު އެމްއެމްއޭ އިން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން މިކަން ހާމަކުރެއްވީ، ފިޗުން ރާއްޖޭގެ ރޭޓިންގ ދަށްކުރުމާއި ގުޅިގެން، އެއޮތޯރިޓީއަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް އަލި އަޅުވާލާފައި ނެރެފައިވާ ނޫސްބަޔާނުގައެވެ. އެބަޔާނުގައި ވަނީ، ރާއްޖޭގެ ރިޒާވް ރަނގަޅު ކުރުމަށް ކުރަމުން އަންނަ މަސައްކަތްތައް ފާހަގަކޮށްފައެވެ. މިގޮތުން އެމްއެމްއޭގެ ބަޔާނުގައި ވިދާޅުވެފައި ވަނީ، ރާއްޖޭގެ ރަސްމީ ރިޒާވަށް ބަލާއިރު، މިއަހަރުގެ ޖުލައި މަސް ނިމުނު އިރު ރިޒާވުގައި ހުރީ ބޭނުން ކުރެވޭ 45 މިލިއަން ޑޮލަރުކަމަށެވެ. އަދި ހުސްވި 2023 ވަނަ އަހަރުގެ ޖުލައި މަސް ނިމުނު އިރު، ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ބޭނުން ކުރެވޭ ރިޒާވް، މިއޮގަސްޓްމަހުގެ ތެރޭގައި މުޅިން ހުސްވެފައިވާ ކަމުގައި ބައެއް ފަރާތްތަކުން ޚަބަރުފެތުރި ނަމަވެސް އެކަން އެމްއެމްއޭއިން ވަނީ ދޮގުކޮށްފައެވެ. އެމްއެމްއޭގެ ބަޔާނުގައި ބުނެފައިވަނީ، ރިޒާވަށް އިތުރު ފައިސާ ހޯދުމަށް އިންޑިއާގެ ރިޒާވް ބޭންކާއި އެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕެއް ޤާއިމްކުރުމުގެ މަސައްކަތުގައި މިހާރު އޮތީ އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި ކަމަށެވެ. އަދި މީގެ އިތުރުން، ރީފައިނޭންސް ގްރީން ބޮންޑެއް ވިއްކުމަށްވެސް، ސަރުކާރާއި އެ އޮތޯރިޓީ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމުގައިވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

އެމްއެމްއޭއިން ވިދާޅުވީ، މީގެ ސަރުކާރުގެ މެދުރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީ އާ އެއްގޮތްވާގޮތުގެ މަތިން ޚަރަދު ކުޑަކުރުމަށާއި އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށްވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ. އަދި މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާގުޅުންހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތް ކަމުގައިވެސް އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.