Advertisement

04 Oct 2023
ޚަބަރު

ރާއްޖޭގެ އިޤްތިސާދު މި އަހަރު %6.5 ގައި ކުރިއަރާނެ: ވޯލްޑް ބޭންކް

ރާއްޖޭގެ އިޤްތިޞާދު މި އަހަރު %6.5 ގައި ކުރިއަރާނެކަމަށާއި، މުޅި ދުނިޔެއަށް ބަލާލާއިރު އެންމެ ހަލުވިކަމާއެކު ކުރިއަރަމުން އަންނަނީ ދެކުނު އޭޝިއާ ސަރަހައްދުގެ އިޤްތިޞާދުކަމަށް ވޯލްޑް ބޭނުންކުން ހާމަކޮށްފިއެވެ. އެ ބޭންކުން މިގޮތަށް ހާމަކޮށްފައިވަނީ ވޯލްޑް ބޭންކުގެ ސައުތު އޭޝިއާއިން ނެރުނު، 'ބެޓެން ޑައުން ދަ ހެޗަސް' މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް ރިޕޯޓުގައެވެ.

މި ރިޕޯޓުގައިވާގޮތުން މި ހިނގާ 2023 ވަނަ އަހަރު ނުވަތަ 23/24 ފިސްކަލް އަހަރުގައި ދެކުނު އޭޝިއާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދެއް އޮތީ ދިވެހިރާއްޖޭގައެވެ. މި މުއްދަތުގައި ރާއްޖެއާ ޖެހިގެން ދެން އެންމެ ކުރިއަރަނީ އަވަށްޓެރި އިންޑިއާގެ އިޤްތިޞާދެވެ. އެ ޤައުމުގެ އިޤްތިޞާދު ކުރިއަރަމުން އަންނަނީ %6.3 ގައެވެ.

ދެކުނު އޭޝިއާގެ އިޤްތިޞާދު ކުރިއަށް ލަފާކުރާއިރު 2024 އިން 2025 އަށް އެވްރެޖްކޮށް %5.6 ގައި ކުރިއަރާނެކަމަށް ވޯލްޑް ބޭނުންކުން އަންދާޒާކޮށްފައިވެއެވެ. ދެކުނު އޭޝިއާގެ އިޤްތިޞާދު ކުރިއަރަމުންއައި ނަމަވެސް މި ސަރަޙައްދުގެ ޤައުމުތަކުން އަގުބޮޑުކޮށް ދަރަނި ނެގުން ކުރިއަށް ގެންދާ ނަމަ، މާލީ ގޮންޖެހުންތައް ބޮޑުވެ، އޭގެ އަސަރު އިޤްތިޞާދަށް ކުރާނެކަމަށް މި ރިޕޯޓްގައި ވަނީ ބުނެފައެވެ.

ރާއްޖޭގެ އިޤްތިޞާދަށް ކުރިމަތިވެފައި އޮތް ގޮންޖެހުންތަކުގެ ތެރޭގައި އެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ދުނިޔޭގައި ތަކެތީގެ އަގު ބޮޑުވުމާއި، ކެޕިޓަލް ޚަރަދާއި ސަބްސިޑީއަށް ކުރާ ހޭދަ އިތުރުވުމާއި، ބަޖެޓް ޑެފިސިޓް ފޫބައްދަން މަރުކަޒީ ބޭންކުން ފައިސާ ދޭން ޖެހުމާއި، އިންފްލޭޝަން މަތިވުމެވެ. މި ގޮންޖެހުންތަކުގެ ސަބަބުން މާލީ ދެމެހެއްޓެނިވިކަން ކަށަވަރުކުރުމަށްޓަކައި އަވަސް އަދި ހަރުދަނާ މާލީ ފިޔަވަޅުތަކެއް އެޅުމާއެކު، ޒިންމާދާރު ގޮތެއްގައި ދަރަނި ބެލެހެއްޓުން މުހިންމުކަމަށްވެސް މިރިޕޯޓުގައިވަނީ ހާމަކޮށްފައެވެ.

އެގޮތުން ރާއްޖޭން އާމްދަނީ އިތުރުކުރުމާ އެކު އާސަންދަ ހެލްތު އިންޝުއަރެންސް ސްކީމް ފަދަ ޕްރޮގްރާމްތައް މުރާޖައާކޮށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް (ޚާއްޞަކޮށް ތެލާއި ކާބޯތަކެއްޗަށް ދޭ ސަބްސިޑީތައް) ރަނގަޅަށް އެކަށައަޅައި، ބެލެހެއްޓިގެން އަދި ރަނގަޅަށް އިންތިޒާމްވެގެން އުމްރާނީ ތަރައްގީގެ އިންވެސްޓްމަންޓްތައް ކުރުމަށް ވަރުގަދަ ޕަބްލިކް އިންވެސްޓްމަންޓް މެނޭޖްމަންޓް ނިޒާމެއް ގާއިމްކުރުން މުހިންމުކަމަށް ރިޕޯޓުގައިވެއެވެ.

މި ރިޕޯޓާއި ގުޅޭގޮތުން ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗު ހަދާދު-ޒަރްވޮސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެ ކާރިސާތަކަށް ތައްޔާރުވެފައިވާ އިޤްތިޞާދެއް ކަށަވަރު ކުރުމަށްޓަކައި ފަހުގެ އިސްލާހުތަކުގެ މައްޗަށް ބިނާކޮށް، ދަރަނި ބެލެހެއްޓުމާއި ޕްލޭންކޮށްގެން އިންވެސްޓްމަންޓްތައް ކުރުން ހަރުދަނާކުރުން މުހިންމުކަމަށެވެ.

"ފަަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމުގެ މައި އިންޖީނުގެ ގޮތުގައި ދެމި އޮތަސް، ތިމާވެއްޓާ ރަށްޓެހި ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމާއި، ދުރު ސަރަހައްދުތަކުގައި މަދުން އުމްރާނީ ތަރައްގީގެ ވަސީލަތްތަކަށް ހަރަދުކުރުމަށް އިސްކަންދިނުމާއި، އަމިއްލަ ވިޔަފާރިތަކުން ކުރާ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް ބާރުއެޅުން ފަދަ ފިޔަވަޅުތައް އަޅައިފި ނަމަ، އެންމެންގެ ބައިވެރިވުން އޮންނަ، ދެމެހެއްޓެނިވި އަދި މޫސުމީ ބަދަލުތަކުގެ ގެއްލުންތަކާއި އެހެނިހެން ލޮޅުންތަކަށް ތައްޔާރުވެފައިވާ ފެހި އިގްތިސާދެއް ބިނާކުރުމަށް ރާއްޖެއަށް ބާރަކަށް ވާނެ." ފާރިސް އެޗު ހަދާދު-ޒަރްވޮސް ވިދާޅުވިއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
31 May 2025
ޚަބަރު
މިއަދު 4 އިން 5 އަށް މާލެއިން ކަރަންޓް ކެޑިދާނެ: ސްޓެލްކޯ
ސްޓެލްކޯއިން މިއަދު މާލޭގެ ކަރަންޓު ޑިސްޓްރިބިއުޝަން ވިއުގައިގައި ކޮންމެހެން ކުރަންޖެހޭ މުހިއްމު މަސައްކަތެއް ކުރުމަށްޓަކައި، މިއަދު ހަވީރު 4:00 އާއި 5:00 އާއި ދެމެދު މާލޭގެ ހަތަރު އަވަށުގެ އެެކި ސަރަހައްދުތަކުން ކުޑަ ވަގުތުކޮޅަކަށް ކަރަންޓުގެ ހިދުމަތަށް ބުރޫއަރާފާނެ ކަމަށް ސޯޝަލް މީޑިއާގައި ޕޯސްޓްކޮއްފިއެވެ. އަދި މިކަމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށްްޓަކާއި ރައްޔިތުން ކިބައިން މާފަށްއެދިފައިވެއެވެ.
25 May 2025
ޚަބަރު
ޝަންމާންއަށް 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
ކުރީގެ އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުވާ އުފުލައި، ކްރިމިނަލް ލޯޓަށް ފޮނުވައިފި އެވެ. ދައުވާސާބިތުވެއްޖެ ނަމަ 5 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލުހުކުމެއް އައިސްދާނެ.
24 May 2025
ޚަބަރު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒަށް ވަޑައިގެން، ސްލެކޯގެ ސްޓޯލަށް ކުރެއްވި ޒިޔާރަތުގައި، ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ގިންތިން އެއްވަނަ ހޯދި ސްޓެލްކޯގެ "ރީޖަނަލް ސްކާޑާ" ސިސްޓަމް މަސައްކަތްކުރާ ގޮތް ބައްލަވާލައްވާފިއެވެ. ރީޖަނަލް ސްކާޑާ ސިސްޓަމަކީ ސްޓެލޯކެގެ މުވައްޒަފުންގެ އުފެއްދުންތެރި އަދި އީޖާދީ ވިސްނުމުގެ ސަބަބުން ޙާޞިލުކުރެވުނު ފާހަގަކޮށްލެވޭ ކާމިޔާބެކެވެ.
23 May 2025
ޚަބަރު
އަޕްޓަމިލް މިލްކް ކިރުދަޅަކަށް ބޭނުން ޖެހިފައިވާ ތުއްތު ކުއްޖާ، މުޅިމާލެއިން ހުސްވެފައި
ސޯޝަލްމީޑިއާގައި ދައުރުވުމުންދައު ޕޯސްޓްގައި ބަޔާން ކޮއްފައިވަނީ އެކުއްޖާ ވަރަށް ހާލުދެރަވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮއްފައިވާކަމަށެވެ. އަދި އަޅުގަނޑުމެން ނޫހުން ފޯނުން ގުޅައި މިކަންވަނީ ކަށަވަރު ކުރެވިފައިއެވެ. އެދެނީ ވީހާވެސް ގިނަބަޔަކު މިކަމުގައި އުޅެދެއްވައި މި ތުއްތު ކުއްޖައިގެ ފުރިހަމަ ސިއްހަތަކަށް ގެނަސްދެއްވުމަށްޓަކައި މިކަމުގައި އެހީތެރިވެލެއްވުމެވެ.