Advertisement

ރައީސް މުއިއްޒުގެ ކެބިނެޓް

28 Feb 2024
ޚަބަރު

މާލީ ކަންކަމުގައި ސަރުކާރުން މަޝްވަރާ ހޯދަން އިނގިރޭސިވިލާތައް

މާލީ ކަންކަމުގައި ރާއްޖެއިން އަމަލު ކުރާނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމަށް ރާއްޖޭގެ ވަފުދެއް އިނގިރޭސިވިލާތަށް ދާން ނިންމާފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. ސައީދު މިހެން ވިދާޅުވީ ރައީސް މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި ނ. މިލަންދޫގައި ވާހަކަދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގެ މާލީ ކަންކަމުގައި ދެން އަމަލު ކުރާނެ ޒަމާނީ ގޮތްތަކުގެ ހައްލު ހޯދުމަށް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ މާލީ ނިޒާމުތަކާ ވާހަކަ ދައްކަން ސަރުކާރުގެ ވަފުދެއް 15 މެއިގައި އިނގިރޭސިވިލާތުގެ ލަންޑަނަށް ދާނެ ކަމަށެވެ.

"މާލީ ކަންކަމުގައި ރާއްޖެ ދެން މިސްރާބު ބައްޓަން ކުރާނެ ކުރާނެ މޮޑާން ނުވަތަ ޒަމާނީ ހައްލު ހޯދުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ މާލީ ނިޒާމުތަކާ ރާއްޖެއިން ވާހަކަ ދައްކަން ލަންޑަނަށް ވެސް ދަތުރު ކުރަން އިނގިރޭސި ސަރުކާރުން ވަނީ ރައީސަށް އިންތިޒާމު ފަހިކޮށްދެއްވާފައި،" ސައީދު ވިދާޅުވިއެވެ.

ރާއްޖޭގެ ވިޔަފާރި ވަފުދެއް 10 ޖުލައިގައި އެމެރިކާއަށް ދާން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރުމަށް ރައީސް ގެންގުޅުއްވާ ސިޔާސަތުތައް ދުނިޔެއިން ބަލައިގަނެފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.