Advertisement

މަސްވެރިން މަސް ބާނަނީ، ފޮޓޯ: ގްރީންޕީސް

27 Jun 2024
މަސްވެރިކަން

މިފްކޯއަށް މަސް ގަންނަ އަގުން 5ރ. ކަނޑާލަން އުޅޭ ކަމަށް އަޑު ފެތުރިއްޖެ

ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން މަސް ގަންނަ އަގު 20ރ. އިން 15ރ. އަށް ތިރިކުރަން އުޅޭކަމަށް ޚަބަރު ފެތުރޭން ފަށައިފިއެވެ.

މި އަޑު ފެތުރިފައިވާ އިރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގައި ވެސް އިއްޔެ ވަނީ އެކަމާ މަޝްވަރާކޮށްފައެވެ. އެގޮތުން، ސަރުކާރުގެ އިކޮނޮމިކް ކައުންސިލުން ނިންމައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެ ކޮމިޓީގެ މެންބަރު އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމު ވިދާޅުވީ ޖުލައި 24 އިން ފެށިގެން، މަސްގަންނަ އަގު މުރާޖައާ ކުރާނެ ކަމަށެވެ. އަދި މިއީ ފިނޭންސް މިނިސްޓަރުގެ ލަފާފުޅު މިކަމުގައި ހިމެނޭ ކަމެއްކަމަށް ވަނީ އެނގިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިފްކޯއިން މަސް ގަންނަ އަގަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މި ފެށޭ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މަސް ގަންނަ އަގު ދަށްކޮށްފިނަމަ، ސަރުކާރުން މިފްކޯއަށް ދޭ ސަބްސިޑީ ކުޑަކުރެވޭނެއެވެ. އެގޮތުން 20ރ. އަށް މަސް ގަނެގެން ސަބްސިޑީގެ ގޮތުގައި ސަރުކާރުން 7ރ. މިފްކޯއަށް ދައްކަން ޖެހުނު ނަމަވެސް، މަސް ގަންނަ އަގު ދަށްކޮށްފިނަމަ އެ އަދަދު 2ރ. އަށް ތިރި ކުރެވޭނެއެވެ.

މަސްވެރިންނަށް މިފްކޯއިން ދޭން ޖެހޭ ފައިސާގެ ބޮޑު އަދަދެއް ނުދީ އޮތުމުން، މަސްވެރިން ދޭތެރެ ދޭތެރެއިން މުޒާހަރާ ކުރެއެވެ. މި ނޫހަށް އެނގިފައިވާ ގޮތުގައި މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާގެ ތެރެއިން މިހާތަނަށް ދޫކޮށްފައި ނުވާ ފައިސާގެ އަދަދު 50 މިލިއަން ރުފިޔާއަށް އަރައެވެ،

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.