މިފްކޯއަށް މަސް ގަންނަ އަގުން 5ރ. ކަނޑާލަން އުޅޭ ކަމަށް އަޑު ފެތުރިއްޖެ
މައުލޫމާތު ލިބޭ ގޮތުގައި މިފްކޯއިން މަސް ގަންނަ އަގަށް ބަދަލު ގެނައުމަށް ނިންމާފައިވަނީ މި ފެށޭ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. މަސް ގަންނަ އަގު ދަށްކޮށްފިނަމަ، ސަރުކާރުން މިފްކޯއަށް ދޭ ސަބްސިޑީ ކުޑަކުރެވޭނެއެވެ. އެގޮތުން 20ރ. އަށް މަސް ގަނެގެން ސަބްސިޑީގެ ގޮތުގައި ސަރުކާރުން 7ރ. މިފްކޯއަށް ދައްކަން ޖެހުނު ނަމަވެސް، މަސް ގަންނަ އަގު ދަށްކޮށްފިނަމަ އެ އަދަދު 2ރ. އަށް ތިރި ކުރެވޭނެއެވެ.