Advertisement

މަސްވެރިން އަތުން ގަނެ މިފްކޯއިން ބެންކޮކަށް ފޮނުވި މަސް ބެންކޮކް ބަނދަރަށް ބޭލުން -- ފޮޓޯ: މިފްކޯ

31 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

މިހާ ދިގު މުއްދަތަކަށް ފައިސާ ނުލިބި ދިޔަ ޒަމާނެއް މަސްވެރިން ތަޖުރިބާ ކޮށްފައެއް ނެތް: އައްޑޫ މޭޔަރު

މަސްކިރުވުމަށް ފަހު، މިހާ ގިނަ ދުވަހު މަސްވެރިންނަށް ފައިސާ ނުލިބި ދިޔަ ޒަމާނެއް، މަސްވެރިން ނުދެކޭކަމުގައި މަސްވެރިން ބުނާކަމުގައި، އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

17 ނޮވެމްބަރު 2023ގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހުގައި ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ގެންނެވި ބަދަލުތަކަށް ފަހުގައިވެސް އެކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަނީ ނުދެވިފައެވެ. މަސްވެރިން ކިރުވާފައިވާ މަހަށް މަސްވެރިންނާއި އޮޑިވެރިންނަށް ހަމަޔަށް ފައިސާ ނުލިބުމުގެ ދަތިތައް މަސްވެރި އަދި އޮޑިވެރި އާއިލާތަކުން ތަޙައްމަލުކުރަމުންދާއިރު، އެކަމުގެ ޝަކުވާތައް އިވެމުންދާކަމުގައި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ، ކުރިއަށް އޮތީ ރަމަޟާން މަހަށް ވެފައި މަސްވެރިންނާއި އެބޭފުޅުންގެ އާއިލާތައް ބިކަ ނުވާނެހެން ސަރުކާރުން އަވަސް ފިޔަވަޅެއް މިކަމުގައި އަޅުއްވައި ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.

މަސްވެރިންގެ ތެރެއިން ބައެއް އޮޑިފަހަރުން މިފްކޯއަށް ކިރުވާފައިވާ މަހަށް ފައިސާ ނުލިބި ދެ ހަފްތާއަށްވުރެ ގިނަ ދުވަސްވީ ދޯނިތައްވެސް އެބަހުއްޓެވެ. މަސްވެރިންނަށް ނުދީ ހުރި ފައިސާގެ ތެރެއިން 100 މިލިޔަން ރުފިޔާ، ޖެނުއަރީ 10 ވަނަ ދުވަހު ދޫކުރާނެކަން ސަރުކާރުން ޢިއުލާނު ކުރިއެވެ. އެހެން ނަމަވެސް ފައިސާ ދޫކުރެވުނު ގޮތުގެ ތަފްޞީލެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.