މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ޚަބަރު
01 Jul 2024

މަސްކިލޯއެއް 20 ރުފިޔާއަށް ގަންނަން ވަޢުދުވީ، ކުރީ ސަރުކާރުން ދެމުން އައި ޔަޤީންކަމަށް ބަލާފައި: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މިފްކޯއަށް މަސްގަންނަ އަގަށް މިއަދުން ފެށިގެން އެކުންފުނިން ބަދަލުތަކެއް ގެނެސްފައި ވާއިރު، ސަރުކާރުން ވަޢުދުވީ އަގު ކަމުގައިވާ 20ރ އަށް މަސްކިލޯއެއް ގަނެވެން ނެތް ސަބަބުވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި މިސަރުކާރުން މަސްވެރިންގެ އަތުން 20ރއަށް މަސްކިލޯއެއް ގަތުމަށް ވީ ވަޢުދު ބިނާކުރި އެއް ސަބަބަކީ، ޔޫރަޕަށް ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމަށް ނަގަމުން އައި ޑިއުޓީ، ވަރަށް އަވަހަށް އުވާލާނެ ކަމަށް ވިދާޅުވެ ކުރީގެ ސަރުކާރުން މަސްވެރިންނަށާއި ރައްޔިތުންނަށް ދެމުން އައި އުއްމީދު ކަމަށެވެ. އަދި އެކަން އެގޮތަށް ހަމަޖެހިގެންދާނެ ކަމުގައި އެބޭފުޅުންވެސް އުއްމީދު ކުރެއްވި ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭރު ކުރީގެ ސަރުކާރުން މަސްކިލޯއެއް 25ރ އަށް ގަންނަން ފެށިކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
25 Feb 2024
ޚަބަރު
ދެކުނުގެ އަތޮޅުތަކުގައި 56 ޑައިވަރުން ތަމްރީންކޮށްފި
މިނިސްޓަރ ޝިޔާމް ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުން 56 ދޯންޏަކުން ކޮންމެ ދޯންޏަކުން އެއް ފަޅުވެރިއަކު، ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނުކޮށްފައިވާ ކަމަށެވެ. މިގޮތުން، އެންމެ ގިނަ ޑައިވަރުން ތަމްރީންކޮށްފައި ވަނީ ގއ. އަތޮޅުންނެވެ. އެއަތޮޅުން އެކަނިވެސް 37 މީހުން ތަމްރީންކޮށްފައިވެއެވެ.
23 Feb 2024
ޚަބަރު
މުޒާހަރާއަށްފަހު މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކޮށްފި
މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭން ޖެހިފައިވާ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހާމަކޮށްފިއެވެ.
23 Feb 2024
ޚަބަރު
ހޯމަ ދުވަހުގެ ކުރިން މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ދޫކުރާނެ ކަމުގައި ސަރުކާރުން ބުނެފި
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޮޝަން ރިސޯސަސް އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ބުދަ ދުވަހުގެ ރެއާއި ހަަމައަށް މަސްވެރިންނަށް، 70 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށާއި، މިފެބުރުއަރީ މަހުގެ 26 ވާ ހޯމަދުވަހުގެ ކުރިން އިތުރު 30 މިލިޔަން ރުފިޔާ އާއެކު ޖުމުލަ 100 މިލިޔަން ރުފިޔާ މިހަފްތާގެ ތެރޭގައި މަސްވެރިންނަށް ޖަމާކޮށްދޭނެ ކަމަށެވެ.
20 Feb 2024
ޚަބަރު
މަސްވެރިންގެ އިހްތިޖާޖަށް 3 ދުވަސް: ކޫއްޑޫއިން ކަރަންޓް ކަނޑާލާނެ ކަމަށް މުޒާހަރާގެ ބައިވެރިން އިންޒާރުދީފި
މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމާއި ގުޅިގެން މަސްވެރިން އެކަމުގެ ޝަކުވާތައް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމާއި ނުރުހުންފާޅު ކުރުމުގެ ގޮތުން މަސްވެރިން ކުރާ އިހްތިޖާޖު ފަށާފައި ވަނީ، އާދީއްތަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ފެއްޓެވި ދަތުރުފުޅާއި ދިމާކޮށެވެ.
18 Feb 2024
ޚަބަރު
މަސްވެރިންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މާރިޗު 5 ގެ ނިޔަލަށް ދޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ
މިނިސްޓަރ ޝިޔާމް ވިދާޅުވީ، މިސަރުކާރަށް ވާރުތަވީ 250 ވަރަކަށް މިލިޔަން ރުފިޔާ އާއެކު މިހާރު ނުދެވި ހުރި ޖުމްލަ 280 މިލިޔަން ރުފިޔާދޫކޮށް، މާރޗު މަހުގެ 5 ވަނަދުވަހުގެ ނިޔަލަށް ބެކްލޮގް ފިލުވާނެ ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، މަހުގެ އަގު މުރާޖަޢާ ކުރި ދުވަހުން ފެށިގެން ކިރުވާފައިވާ މަހަށްވާ 26 މިލިއަން ރުފިޔާ މިހަފްތާގެ ތެރޭގައި ދޫކުރާނެ ކަމަށާއި، މިފްކޯއަށް ކިރާ މަހަށް ހަފްތާއެއްތެރޭގައި ފައިސާ ދެވޭނެ އިންތިޒާމު މިހަފްތާއިން ފެށިގެން ހަމަޖައްސަވާނެ ކަމަށެވެ.
18 Feb 2024
ޚަބަރު
މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބިގެން މުޒާހަރާކުރަނީ
ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވީ، މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބި މަސްވެރި އާއިލާތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މިގޮތުން ސަރުކާރުގެ ޔުޓިލިޓީ ބިލްތަކާއި އިންޓަރނެޓް އަދި ލޯންތަކަށް ފައިސާ ނުދެއްކި މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ބޮޑު ކަމުގައި ސައުދު ވިދާޅުވިއެވެ. މީގެ އިތުރުން، ދުވަހުން ދުވަހަކަށް ކުރަންޖެހޭ ޟަރޫރީ ޚަރަދުތައް ކުރުމަށްވެސް މަސްވެރިންގެ އާއިލާތަކަށް ދަތިވެފައިވާކަން ސައުދު ފާހަގަކުރެއްވިއެވެ.
12 Feb 2024
ޚަބަރު
މަސްވެރިންނަށް އަދިވެސް ނުދެވި 270 މިލިޔަން ރުފިޔާ އެބައޮތް - ފިޝަރީޒް މިނިސްޓަރ
ޝިޔާމް ވިދާޅުވީ، މިސަރުކާރު ފެށުނު ފަހުން މަސްވެރިން ކިރުވާފައިވާ މަހުގެ އަގު 422 މިލިޔަން ރުފިޔާއަށް އަރާ ކަމަށާއި، އެފައިސާގެ ތެރެއިން 270 މިލިޔަން ރުފިޔާ އަދިވެސް މަސްވެރިންނަށް ނުދޫކުރެވި އެބައޮތް ކަމަށެވެ. އަދި އެފައިސާ މަސްވެރިންނަށް ދޫކުރެވޭނެ ގޮތެއް ހޯއްދެވުމަށް މަސައްކަތްކުރައްވަމުންދާ ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.
08 Feb 2024
ޚަބަރު
މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ފަށައިފި
އެމިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ޕްރޮގްރާމްގައި ބައިވެރިވި 15 ބައިވެރިންނާއިއެކު، މިތަމްރީން ޕްރޮގްރާމް ފަށާފައި ވަނީ މިއަދު ހެނދުނު، ކ. މަނިޔަފުށީގައެވެ. 8 ފެބްރުއަރީ 2024 އިން 21 ފެބްރުއަރީ 2024 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާއިން ތަފާތު ބައިތައް ހިމެނިގެން ފަރުމާކޮށްފައިވާ ޕްރޮގަރާމެއްކަމުގައި އެމިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
02 Feb 2024
ޚަބަރު
މަސްވެރިންނަށް ފައިސާ ދޭނެ ގޮތެއް އަދި ސަރުކާރަކަށް ނުހޯދޭ!
މަސްވެރިއަކު ކޮށްފައިވާ ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވިދާޅުވެފައި ވަނީ، މިފްކޯއިން ލޯނެއް ނަގައިގެން ވިޔަސް މަސްވެރިންނަށް ދޫކުރަންޖެހޭ ފައިސާ ދޫކުރެވޭތޯ ބައްލަވާނެ ކަމަށެވެ. އަދި މަސްވެރިންނަށް ފައިސާ ދިނުމުގައި ކުރިމަތިވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މިއަދު ވިދާޅުވީ، ރައީސުލް ޖުމްޙޫރިއްޔާގެ އެދިވަޑައިގަތުމަށް ސަވަރިން ގެރެންޓީދީގެންވެސް ފެސިލިޓީއެއް ހޯދުމުގެ މަސައްކަތް ބާރަށް ކުރަމުންގެންދާ ކަަމަށެވެ.
02 Feb 2024
ޚަބަރު
ބައިނަލްއަޤުވާމީ ޤާނޫނުތަކާއި ޚިލާފަށް އިންޑިއާ ނޭވީގެ ސިފައިން ރާއްޖޭގެ މަސްދޯނިތަކަށް އަރައި ހަރަކާތްތެރިވި މަންޒަރުގެ ވީޑިއޯ އާއްމުކޮށްފި
ރާއްޖޭގެ ކަނޑުގެ ސަރަހަށްދަށް ބައިނަލްއަޤުވާމީ ޤާނޫނު ތަކާއި ޚިލާފަށް އިންޑިއާގެ ނޭވީގެ ދެ މަނަވަރެއް ވަދެ ރާއްޖޭގެ ތިން މަސްދޯންޏެއް ބަލައި ފާސްކުރި އިރު، މަސްދޯނި ފަހަރުގައި ތިބި މަސްވެރިން ނެގި ފޮޓޯއާ ވީޑިއޯތަށް މަސްވެރިންނަށް ބިރުދައްކައިގެން އިންޑިއާ ސިފައިން ޑިލީޓް ކުރުވި ކަމުގައިވެސް ރިޕޯޓްކޮށްފައިވެއެވެ.
31 Jan 2024
ޚަބަރު
އަސުރުމާ -3 އޮތީ ރާއްޖޭގެ ސަރަހައްދުގައި - ފިޝަރީޒް މިނިސްޓަރ
މިނިސްޓަރ ޝިޔާމް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އަސުރުމާ-3 ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
31 Jan 2024
ޚަބަރު
މިހާ ދިގު މުއްދަތަކަށް ފައިސާ ނުލިބި ދިޔަ ޒަމާނެއް މަސްވެރިން ތަޖުރިބާ ކޮށްފައެއް ނެތް: އައްޑޫ މޭޔަރު
17 ނޮވެމްބަރު 2023ގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހުގައި ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ގެންނެވި ބަދަލުތަކަށް ފަހުގައިވެސް އެކުންފުނިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ވަނީ ނުދެވިފައެވެ. މަސްވެރިން ކިރުވާފައިވާ މަހަށް މަސްވެރިންނާއި އޮޑިވެރިންނަށް ހަމަޔަށް ފައިސާ ނުލިބުމުގެ ދަތިތައް މަސްވެރި އަދި އޮޑިވެރި އާއިލާތަކުން ތަޙައްމަލުކުރަމުންދާއިރު، އެކަމުގެ ޝަކުވާތައް އިވެމުންދާކަމުގައި އައްޑޫ ސިޓީގެ މޭޔަރު ޢަލީ ނިޒާރު ވިދާޅުވިއެވެ.
19 Jan 2024
ޚަބަރު
ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރެއް ތަމްރީންކުރާ ޕްރޮގްރާމް ފަށައިފި
ދޮށީގެ މަސްވެރިންކަން ކުރާ ކޮންމެ އުޅަނދެއްގައި ރެސްކިއު ޑައިވަރަކު ބެހެއްޓުމުގެ ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ. މި ޕްރޮގްރާމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ގދ. މަޑަވެލީގައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މޫސުމީ ބަދަލުތަކާ ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.
09 Jan 2024
ޚަބަރު
މާދަމާ މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ދެނީ
އެ މިނިސްޓްރީން ވިދާޅުވީ، މަސްވެރިންނަށް މިހާތަނަށް ނުދެވިހުރި ފައިސާ ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މާދަމާ މަސްވެރިންނަށް 100 މިލިޔަން ރުފިޔާ ދޫކުރުމަށް ނިންމާފައި ވާކަމަށެވެ. މިފްކޯއިންވެސް ވިދާޅުވީ، ދިވެހި މަސް އޮޑިފަހަރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މާދަން ދައްކާގޮތަށް ހަމަޖައްސާފައިވާ ކަމަށާއި، މަސްވެެރިންގެ ފަރާތުން މިފްކޯއަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށް ނިހާޔަތަށް ޝުކުރު ދަންނަވާ ކަމަށެވެ.
04 Jan 2024
ޚަބަރު
އެންވެރިކަން ހަލާކުވާތީ މާލެ އަތޮޅުތެރެއިން ބިންހިއްކުމަށް ވެލިނެގުން ހުއްޓާލުމަށް މަސްވެރިން ގޮވާލައިފި
އެ ޔޫނިއަންގެ އެކްސް ހޭންޑަލްގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް އާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، ޓެގްކޮށް ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ، ކަންނެލިމަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެދުވަހަކު މަހާޖައްރާފު ވެލިނަގަމުން ދާތީ އެންވެރިކަން ހަލާކުވެއްޖެ ކަމަށާއި، މާލެ އަތޮޅުތެރެއިން ވެލިނެގުން މިއަދުން މިއަދަށް ހުއްޓުވުމަށް ކަމާއިބޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
28 Dec 2023
ޚަބަރު
މިފްކޯގެ ބޯޑަށް ކުރިމަތިލުމަށް މަސްވެރިންނަށް ފުރުޞަތު ހުޅުވާލައިފި
މޯލްޑިވްސް ފިޝަރީޒް އިންޑަސްޓްރިއަލް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) ބޯޑުގައި މަސްވެރިން ތަމްސީލް ކުރާނެ މަސްވެރިއަކު ބޯޑު މެމްބަރެއްގެ ގޮތުގައި އައްޔަނުކުރުަމަށްޓަކައި، އެކަމަށް ޝައުޤުވެރިކަން ފާޅުކުރުމަށް ފުރުޞަތު ހުޅުވާލާފައި ވަނީ މިއަދުއެެވެ.