Advertisement

އަހުމަދު ޝާފިއު -- ފޮޓޯ: ފޭސްބުކް

06 Apr 2025
ޚަބަރު

ޑެޕިއުޓީ މިނިސްޓަރު ޝާފިއު އިސްތިއުފާ ދެއްވައިފި

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ޝާފިއު މިއަދު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

މަޤާމުން އިސްތިއުފާ ދެއްވައި ޝާފިޢު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ކަންކަން ހައްލުކޮށްދެއްވާނެ ކަމުގެ އުއްމީދުގައި މިއަދުން ފެށިގެން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ނައިބުގެ މަގާމުން އޭނާ އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.

ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތުގެ ކަންކަން ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުން އަންނައިރުވެސް، ބައެއް ކަންކަން އެދެވޭ ގޮތުގައި ކުރިޔަށް ނުދާކަން އޭނާ ފާހަގަކުރައްވާފައިވެއެވެ.

ޝާފިޢުއަކީ މަސްވެރިކަމުގެ ސިނާޢަތުގައި އަމިއްލަފުޅަށް އިންވެސްޓްކޮށް އެވިޔަފާރީގައިވެސް އުޅުއްވާ ބޭފުޅެކެވެ. އެހެން ނަމަވެސް މަޤާމުން އިސްތިއުފާ ދެއްވީ ސީދާ ކޮން ސަބަބަކާއި ގުޅިގެން ކަމެއް އޭނާ ހާމަކުރައްވާފައެއް ނުވެއެވެ.

ޝާފިޢު ފިޝަރީޒް މިނިސްޓަރުގެ ނައިބުގެ މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ، 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގައެވެ. ޓީޗަރެއްގެ ގޮތުގައި ތަޢުލީމީ ދާއިރާގައިވެސް ޚިދުމަތްކުރެއްވި ޝާފިޢުއަކީ، މަސްވެރިކަމުގެ ސިނާޢަތާއި މީޑިއާ އާގުޅޭ ގިނަ މަސައްކަތްތަކެއްވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.