Advertisement

ދޯނި ފަހަރުން ކޫއްޑޫއަށް މަސްކިރުވަނީ ---

18 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބިގެން މުޒާހަރާކުރަނީ

މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބޭތީ، ހުވަދު އަތޮޅުގެ މަސްވެރިން ކޫއްޑޫގައި މުޒާހަރާކުރަން ފަށައިފިއެވެ.

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ގިނަ އަދަދެއްގެ މަސްވެރިން ގެންދަނީ އަޑު އުފުލައި ނުރުހުން ފާޅު ކުރަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިގިލި ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވީ، މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުލިބި މަސްވެރި އާއިލާތަކަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ. މިގޮތުން ސަރުކާރުގެ ޔުޓިލިޓީ ބިލްތަކާއި އިންޓަރނެޓް އަދި ލޯންތަކަށް ފައިސާ ނުދެއްކި މަސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ވަރަށް ބޮޑު ކަމުގައި ސައުދު ވިދާޅުވިއެވެ. މީގެ އިތުރުން، ދުވަހުން ދުވަހަކަށް ކުރަންޖެހޭ ޟަރޫރީ ޚަރަދުތައް ކުރުމަށްވެސް މަސްވެރިންގެ އާއިލާތަކަށް ދަތިވެފައިވާކަން ސައުދު ފާހަގަކުރެއްވިއެވެ.

ސައުދު ވިދާޅުވީ، ސަރުކާރުން މަސްވެރިންނާއި މެދު އިޙްމާލުވުން ހުއްޓާލަން ޖެހޭ ކަަަމަށެވެ. މީގެ އިތުރުން މެމްބަރު ސައުދުވަނީ މަސްވެރިންނަށް ދޭންޖެހޭ ހައްޤު ފައިސާ ވަގުތުން ދިނުމަށްވެސް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ތެރޭގަިއ ވަޢުދުވެވަޑައިގަތީ މަސްކިރުވާތާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށެެވެ. އެހެންނަމަވެސް އިޤުތިޞާދު މެނޭޖު ނުކުރެވި ދައުލަތުގެ މާލީ ހާލަތު ދުވަހުން ދުވަހަށް ގޯސްވަމުންދާއިރު، އެންމެ ފަހުންވެސް ފިޝަރީޒް މިނިސްޓަރ ހާމަކުރައްވާފައިވާ ގޮތުގައި 270 މިލިޔަނަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ނުދެވި އެބައޮތެވެ. އަދި އެއަދަދު އަންނަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.