Advertisement

މަސްދޯންޏެއް --

26 Feb 2024
ޚަބަރު

ޖެނުއަރީ 14ގެ ފަހުން މަސްވެރިން ކިރުވާފައިވާ މަހަށް ފައިސާ ނުދެވި ހުރިކަން މިފްކޯއިން ހާމަކޮށްފި

މިހުސްވި ޖެނުއަރީމަހުގެ 14 ވަނަ ދުވަހުން ފެށިގެން މިހާތަނަށް، މަސްވެރިން މިފްކޯއަށް ކިރުވާފައިވާ މަހަށް ލާރި ނުދެވި ހުރިކަން މިފްކޯއިން މިއަދު ހާމަކޮށްފިއެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރު މަސްވެރިން ކިރުވާފައިވާ މަހަށް އޭރު ސަރުކާރުން ފައިސާ ނުދީ އޮތް ކަމުގައި ބުނެ، މިސަރުކާރުގެ ސިޔާސީ ބޭފުޅުން ވާހަކަފުޅުތައް ދައްކަވަމުން ދާއިރު، މިއަދު މިފްކޯއިން އެކްސްގައި ކުރި ޕޯސްޓްގައި ބުނެފައި ވަނީ، ސަރުކާރު މިއަދު ޖަމާކޮށްދިން ފައިސާ އާއެކު، 14 ޖެނުއަރީގެ ކުރިން މަސްވެރިން މަސްކިރުވައި ދޫކޮށްފައިވާ ހުރިހާ ބިލަކަށް ފައިސާދީ ނިމޭނެ ކަމަށެވެ.

ދެކުނު ބައެއް މަސްދޯނި ފަހަރުން މައުލޫމާތު ލިބިފައިވާ ގޮތުގައި މިފްކޯއަށް މަސްކިރުވާފައި ފައިސާ ނުލިބި 5 ހަފްތާވެފައިވާ ބިލްތައްވެސް އެބަހުއްޓެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވިދާޅުވީ، މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށްޓަކައި މިއަދު މިފްކޯއަށް 35 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވާ ކަމަށެވެ. އަދި އެއާއެކު، ސަރުކާރުން މަސްވެރިންނަށް ވައުދުވެފައިވާ ގޮތުގެ މަތިން މިދިޔަ ބުދަ ދުވަހާއި މިއަދު ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށްދެވިފައިވާ ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓްރީން ވިދާޅުވީ، ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށްވެސް ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުން ފިޝަރީޒް މިނިސްޓަރ ވިދާޅުވީ މަސްވެރިން ކިރުވާފައިވާ މަހަށް، 310 މިލިޔަން ރުފިޔާ ނުދެވި އެބައޮތް ކަމަށެވެ.

ފިޝަރީޒް މިނިސްޓްރީން މިއަދު ވިދާޅުވީ، 17 ނޮވެމްބަރު 2023 އިން ފެށިގެން މިހާތަނަށް، މަސްވެރިންނަށް ދޫކުރެވުނު ތެލާއި އައިސްއަށް ޚަރަދުވާ ފައިސާ ހިމަނައިގެން މިހާތަނަށް މަސްވެރިންނަށް ޖުމުލަ، 561 މިލިއަން ރުފިޔާ ދޫކުރެވިފައިވާ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.