Advertisement

ފިޝަރީޒް މިނިސްޓަރ ޢަހްމަދު ޝިޔާމް މުޙައްމަދު --

01 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްކިލޯއެއް 20 ރުފިޔާއަށް ގަންނަން ވަޢުދުވީ، ކުރީ ސަރުކާރުން ދެމުން އައި ޔަޤީންކަމަށް ބަލާފައި: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މިސަރުކާރުން މަސްވެރިންގެ އަތުން، މަސްކިލޯއެއް 20ރ އަށް ގަންނާނެ ކަމަށް ވަޢުދުވި އެއް ސަބަބަކީ، ކުރީ ސަރުކާރުން ދެމުން އައި އުއްމީދު ތަކަކީ ހަޤީޤަތެއް ކަމަށް ބަލައިގެން ކަމުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާތަކުގެ ނޫސްވެރިންނާއި އެކު ފިޝަރީޒް މިނިސްޓަރ އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި މިއަދު ބޭއްވި ހެނދުނުގެ ނާސްތާއެއްގެ ކުރިން ވަނީ ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ. އަބަދުވެސް ނޫސްވެރިންނާއި މަސްވެރިންނާއި އެކު ގާތްގުޅުމެއް ބާއްވަވަމުން ގެންދަވާ ފިޝަރީޒް މިނިސްޓަރ ވަނީ، މިބައްދަލުވުމުގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަަތަށް މިވަގުތު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، މިފްކޯ ބަނގުރޫޓުވެގެން ދިޔަ ނުދީ ހިފެހެއްޓެވުމަށާއި، މަސްވެރިންނަށް ހުރި ދަތިތައް ހައްލުކުރެއްވުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ވަރަށް ތަފްޞީލް ގޮތެއްގައި ނޫސްވެރިންނާއި ހިއްސާ ކުރައްވާފައެވެ.

ނޫސްވެރިންނާއި އެކު ފިޝަރީޒް މިނިސްޓަރ މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން ---

މިފްކޯއަށް މަސްގަންނަ އަގަށް މިއަދުން ފެށިގެން އެކުންފުނިން ބަދަލުތަކެއް ގެނެސްފައި ވާއިރު، ސަރުކާރުން ވަޢުދުވީ އަގު ކަމުގައިވާ 20ރ އަށް މަސްކިލޯއެއް ގަނެވެން ނެތް ސަބަބުވެސް އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ. ފިޝަރީޒް މިނިސްޓަރ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ތެރޭގައި މިސަރުކާރުން މަސްވެރިންގެ އަތުން 20ރއަށް މަސްކިލޯއެއް ގަތުމަށް ވީ ވަޢުދު ބިނާކުރި އެއް ސަބަބަކީ، ޔޫރަޕަށް ރާއްޖޭގެ މަސް އެކްސްޕޯޓްކުރުމަށް ނަގަމުން އައި ޑިއުޓީ، ވަރަށް އަވަހަށް އުވާލާނެ ކަމަށް ވިދާޅުވެ ކުރީގެ ސަރުކާރުން މަސްވެރިންނަށާއި ރައްޔިތުންނަށް ދެމުން އައި އުއްމީދު ކަމަށެވެ. އަދި އެކަން އެގޮތަށް ހަމަޖެހިގެންދާނެ ކަމުގައި އެބޭފުޅުންވެސް އުއްމީދު ކުރެއްވި ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ. އަދި އޭރު ކުރީގެ ސަރުކާރުން މަސްކިލޯއެއް 25ރ އަށް ގަންނަން ފެށިކަންވެސް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.

"މަހުގެ އަގަށް އެ ސަރުކާރުން ބަދަލު ގެނައީވެސް، ގްރީން ސިގްނަލެއް ލިބިގެން ދެއްތޯ؟ އީޔޫގެ ގްރީން ސިގްނަލް. އެވާހަކަ ވިދާޅުވީ ހަމައެކަނި ސަރުކާރުން، މިދެންނެވީ މާލީ ވަޒީރު އެކަންޏެއް ނޫން އިނގޭތޯ. އޭރުގައި ޔޫންއެންގެ ރިޔާސަތު ބެލެހެއްޓެވި ފޮރިންގ މިނިސްޓަރ، އޭރުގެ ފޮރިން މިނިސްޓަރވެސް ވިދާޅުވީ އެެހެން ދެއްތޯ؟ ފެހި ސިގްނަލް ލިބިގެން އަސްލު މަހަށް ގެނެވުނު ބަދަލު މިގެނެވުނީ. އަޅުގަނޑުމެންވެސް އަސްލު ހީކުރީ އެވާހަކަތަކުގައި ތެދު ހުރި ކަމަށް އިނގޭތޯ؟ އެއީ މިދަންނަވާހެން، ފޮރިންގ މިނިސްޓަރުކަން އަދި ޔޫއެންގެ ރިޔާސަތު ބެލެހެއްޓެވި ބޭފުޅަކު (އެވާހަކަ ދެއްކެވީމާ). އެއަށް ރިޢާޔަތްކޮށް މަހުގެ އަގު ބަދަލު ކުރެއްވީމަޔާއި އެކީގައި، އަޅުގަނޑުމެންނަށްވެސް ލިބުނު ހިތްހަމަޖެހުމެއް އެއީ. ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުމެންނަކީ އަންނަން އޮތް ސަރުކާރެއް. އެވާހަކަ މިދެންނެވީ." 

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މުޙައްމަދު --

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވީ، އެ މުއާމަލާތްތައް ހިނގައި ގޮސްފައިވާ ހިސާބު އެނގުނީ އެބޭފުޅުން، ސަރުކާރު ހިންގުމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހުގައި ކަމަށެވެ. އަދި މިސަރުކާރު ވެރިކަމަށް އައިރު އެ މުއާމަލާތްތައް އޮތް ހިސާބު ބަލާލުމުން އެއީ، އީޔޫއިން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ޑިއުޓީ ކަނޑާލާނެ ކަމުގެ ގްރީން ސިގްނަލެއް ލިބުނު ކަމަށް ވިދާޅުވާ ހެޔޮނުވާނެ ކަމުގައިވެސް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖެއިން ސަމޯއާ އެގްރީމެންޓްގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވާއިރު، އީޔޫއިން ރާއްޖެއިން އެކްސްޕޯޓް ކުރާ މަހަށް ޑިއުޓީ ކަނޑާލާނެ ކަމުގެ ގްރީން ސިގްނަލެއް ލިބިފައިވާ ކަމަށް ކުރީ ސަރުކާރުގެ ވެރިން ވިދާޅުވީ އެ އެގްރިމެންޓްގައި ރާއްޖެއިން ބައިވެރިވުމަށް ވެދާނެކަމުގައި ވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ.

މިސަރުކާރު ވެރިކަމަށް އައީ، މަސްވެރިންގެ އަތުން މަސްކިލޯއެއް ގަންނާނެ އެންމެ ދަށް އަގަކީ، 20ރ ކަމުގެ ވަޢުދާއި އެކުގައި ނަމަވެސް، މިފްކޯގެ މާލީ ހާލަތު ދަށްކަމާއި، ސަރުކާރަށް އުފުލަންޖެހިފައި އޮތް މާލީ ބުރަތަކުގެ ސަބަބުން، މިހަފްތާއިން ފެށިގެން މަސްކިލޯއެއް މިފްކޯއަށް ގަންނަ އެންމެ މަތީ އަގަކީ 16ރ ކަމުގައި އެކުންފުނިން ވަނީ ކަނޑައަޅާފައެވެ. އަދި އެކުންފުނިން ވަނީ، ހަފްތާއަކުން ހަފްތާއަކުން، ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކަށް ބަލައި މަސް ގަންނަ އަގަށް ބަދަލު ގެންނާނެކަންވެސް ހާމަކޮށްފައެވެ.

ކޮމެންޓް
އިއްބެ
ސިޔާމަށްކޮޕީކުރެވުނީ އެމްޑީޕީގެ ބައެއްކަނަންައްތަ އެއީގޯހެއް ހުރިހައިކަންތައްކުޕީކުރެވުނުނަ ތިޔަހެނެއްނުވާނެ
01 Jul 2024
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.