Advertisement

ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ފިޝަރީޒް މިނިސްޓްރީން ކުރިޔަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ---

01 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް މިއަހަރު ފާހަގަ ކުރަނީ

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ހަމަޖައްސާފައިވާ ކަމުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިއަދު ވަނީ ކަނޑުތަކުގެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކުރިޔަށް ގެންދާނެ ހަރަކާތްތަކާއި ގުޅޭ ގޮތުން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދިނުމަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.

ނޫސްވެރިންގެ މިބައްދަލުވުމުގައި، އެމިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްޠަލިބް ވިދާޅުވީ، އެމިނިސްޓްރީން ރާވާފައި ވަނީ، ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިކޮށްގެން އެހަރަކާތްތައް ކުރިޔަށް ގެންދިޔުމަށް ކަމަށެވެ.

މިގޮތުން ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ހަރާކާތްތަކުގެ ތެރޭގައި ސުވާލު މުބާރާތަކާއި، ކުރެހުމުގެ މުބާރާތެއް، އަދި މަޒުމޫނު ލިޔުމުގެ މުބާރާތެއް ބޭއްވުމާއި، މަސްރޭހާއި، މޫދާއި ގޮނޑުދޮށްތައް ސާފުކުރުމުގެ ހަރަކާތްތަކުގެ އިތުރުން "އެންމެ މޫދަށް"ގެ ނަމުގައި ބާއްވާ ޚާއްޞަ މޫދު ހަރަކާތް ހިމެނެއެެވެ. މީގެ އިތުރުން މިދުވަހާއި ގުޅިގެން ކަނޑުތަކާއި މެދު އާއްމު ހޭލުންތެރިކަން އިތުރުކުރުމަށް، މައުލުމާތު ދިނުމުގެ ސެޝަންތައް ކުރިޔަށް ގެންދިޔުމަށްވެސް ރާވާފައިވާ ކަމުގައި މުއްޠަލިބު ވިދާޅުވިއެވެ. އަދި ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ ހަރަކާތްތއައް ނިންމާލާނީ ޚާއްސަ ފެސްޓިވަލަކުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަހާއި ގުޅިގެން ކުރިޔަށް ގެންދާ ކުރެހުމުގެ މުބާރާތާއި މަޒުމޫނު ލިޔުމުގެ މުބާރާތުގައި ބައިވެރިވުމަށް އެމިނިސްޓްރީން މިއަދު ވަނީ ހުޅުވާލާފައެވެ.

ކޮންމެ އަހަރެއްގެވެސް ޖޫންމަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.