Advertisement

ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް މުހައްމަދު ---

15 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ދެލިކޮޕީއަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާނެ: ފިޝަރީޒް

ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ދެލިކޮޕީއަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާތީ، އެޤަވާއިދަށް ޚިޔާލު ހުށައެޅުމަށް ބޭނުންވާ ފަރާތްތަކުން ފުރުޞަތުގެ ބޭނުން ހިފުމަށް ފިޝަރީޒް މިނިސްޓްރީ އެދިއްޖެއެވެ.

އެމިނިސްޓްރީން ލޭނު މަސްވެރިކަން ކުރުމުގެ ގަވާއިދުގެ ދެލިކޮޕީއަށް އާންމުންގެ ހިޔާލާއި ކޮމެންޓު ހޯދުމަށް 5 އޯގަސްޓް 2024 ވަނަ ދުވަހުގައެވެ.

ފިޝަރީޒް މިނިސްޓްރީން ގެންދަނީ، ލޭނުގެ މަސްވެރިކަމަށް ހުޅުވާލުމަށް ފުރުޞަތު ދިނުމަށް މަސައްކަތް ކުރަމުންނެވެ. މިގޮތުން، ލޭނުމަސްވެރިކަން ކުރުމާބެހޭ ޤަވާއިދަކީ، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްސަދުގައި ލޭނުމަސްވެރިކަން ދިވެހިރާއްޖޭގައި އަލުން ހުޅުވާލުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމާ ގުޅިގެން، އެކުލަވާލައްވާފައިވާ ޤަވާއިދެކެވެ.

ރާއްޖޭގައި އިތުރު ފަރާތްތަކަށް ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަދީ، ރާއްޖެއިން ލޭނުއަޅައިގެން މަސްބޭނުން އިތުރު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ރާއްޖެއަށް ކަނޑައަޅާފައިވާ ކޯޓާ އާއި އެއްވަރަށް ރާއްޖެއިން މަސް ނުބާނާތީ ކުރިޔަށް އޮތް ތަނުގައި އެ ކޮމިޝަނުން ރާއްޖެއަށް ދޭ ކޯޓާގެ އަދަދު މަދުކޮށްފާނެތީ ކަމަށް ފާހަގަކޮށެވެ. ފިޝަރީޒް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، އެކޮމިޝަނުން ރާއްޖެއަށް ބޮޑުކަންނެލީގެ ކޯޓާއެއްގެ ގޮތުގައި 2000 ޓަނު އަދި، ރީނދޫ އުރަހަ ކަންނެލީގެ ކޯޓާގެ ގޮތުގައި 47000 ޓަނު ކަނޑައަޅާފައި ވާއިރު، އެ އަދަދަށް ރާއްޖެއިން ލޭނުއަޅައިގެން މަހެއް ނުބާނައެވެ. މިގޮތުން ފާއިތުވި 2 އަހަރުވެސް ރާއްޖެއިން ބާނާފައި ވަނީ 30000ޓަނުގެ ރީނދޫ އުރަހަ ކަންނެލި ކަމުގައިވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ލޭނު މަސްވެރިކަމަށް މިފަހަރު ހުޅުވައިލާއިރު ފާއިތުވީ ތަނުގައި ދިވެހިރާއްޖޭގައި ލޭނު މަސްވެރިކަން ކުރިއިރު ލިބިފައި ހުރި ތަޖުރިބާއަށް ބަލައި، މި މަސްވެރިކަމަކީ ދިވެހީންނަށް ފައިދާހުރި އަދި ޤާނޫނާއި ގަވާއިދުތަކާ އެއްގޮތައް ކުރެވޭ މަސްވެރިކަމެއްކަން ކަށަވަރުކުރުމުގެ ގޮތުން ހާއްސަ މާއްދާތަކެއް މި ގަވާއިދުގައި ހިމަނާފައި ވާނެކަމުގައިވެސް ފިޝަރީޒް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.