Advertisement

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ---

12 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްވެރިންނަށް އަދިވެސް ނުދެވި 270 މިލިޔަން ރުފިޔާ އެބައޮތް - ފިޝަރީޒް މިނިސްޓަރ

މަސްވެރިންނަށް ނުދޫކުރެވި އަދިވެސް 270 މިލިއަން ރުފިޔާ އެބައޮތް ކަމުގައި، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގަިއ ވަޒީރުންނާއި ސުވާލުކުރުމުގެ ވަގުތުގައި، މެމްބަރުން ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ ޝިޔާމް ވިދާޅުވީ، މަސްވެރިން އެދެނީ މަސްވެރިންނަށް ބަރާބަރަށް ފައިސާ ދެވޭނެ އަގެއްގައި، ދައުލަތަށްވެސް، ދިވެހިރާއްޖޭގެ އެހެން ރައްޔިތުންނަށްވެސް ބުރައަކަށް، އުނދަގުލަކަށް ނިކަަމެތިކަމަކަށް ނުވާނެ ގޮތަކަށް އެއަގު ހިފެހެއްޓުން ކަމަށެވެ. 

ޝިޔާމް ވިދާޅުވީ، މިސަރުކާރު ފެށުނު ފަހުން މަސްވެރިން ކިރުވާފައިވާ މަހުގެ އަގު 422 މިލިޔަން ރުފިޔާއަށް އަރާ ކަމަށާއި، އެފައިސާގެ ތެރެއިން 270 މިލިޔަން ރުފިޔާ އަދިވެސް މަސްވެރިންނަށް ނުދޫކުރެވި އެބައޮތް ކަމަށެވެ. އަދި އެފައިސާ މަސްވެރިންނަށް ދޫކުރެވޭނެ ގޮތެއް ހޯއްދެވުމަށް މަސައްކަތްކުރައްވަމުންދާ ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުގެ ފަހުކޮޅު މަސްކިލޯއެއް ގަންނަ އަގު 25ރއަށް ބޮޑުކުރި ނަމަވެސް އެ ރޭޓުގައި މަސްވެރިންނަށް ފައިސާ ނުދޫކުރެވޭ ކަމަށެވެ.

މިގޮތުން، 17 ނޮވެމްބަރު 2023ގައި، ސަރުކާރު ބަދަލުވެގެން ދިޔައިރު، 25ރ ގެ ރޭޓުން ކުރީ ސަރުކާރުން މަސްވެރިންނަށް އެންމެ ރުފިޔާއެއްވެސް ދޫކޮށްފައި ނެތްކަމުގައި ޝިޔާމް ވިދާޅުވިއެވެ.

"ހަފްތާއިން ހަފްތާއަށް މަސްވެރިންނަށް ފައިސާ ދިނުމަކީ މަސްވެރިން އެންމެ ޤަބޫލުކުރާ ސަޤާފަތް. އަދި އަޅުގަނޑުމެންގެ ސަރުކާރުން މަސްވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޭނެކަމަށް، ވީ ވަޢުދުވެސް އެބައޮތް. އެވަޢުދު ޙާސިލްކުރުމަށްޓަކައި، އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިދަނީ. އޭގެ ތެރެއިން، ކުރެވުނު މަސައްކަތެއް އަޅުގަނޑުމެން މަސްވެރިންނަށް ވީ ވަޢުދު، 25ރ އިން 20ރއަށްވުރެ ދަށް ނުވާ އަގަކަށް، ހަމަޖެހިގެން މިދިޔައީ." 

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ---

ކުރީގެ ސަރުކާރުން 25ރ ގެ ރޭޓުގައި މަސްވެރިންނަށް އެންމެ ރުފިޔާއެއްވެސް ކުރީގެ ސަރުކާރުގައި ދޫކޮށްފައި ނުވާކަމަށް ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ދެއްކެވި ވާހަކަފުޅު، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު، ނިޒާމީ މައްސަލައެއް ނަންގަވައި ދޮގު ކުރެއްވިއެވެ. ޝިފާޢު ވިދާޅުވީ، މަސްވެރިންގެ އަތުން މަސްގަންނަ އަގު 25ރއަށް ބޮޑު ކުރުމަށްފަހު މަސްވެރިންނަށް ފައިސާ ލިބުނު ބިލްތަކާއި އެވާހަކަތައް މަސްވެރިންގެ ފަރާތުން ސޯޝަލް މީޑިއާގައިވެސް ޙިއްޞާކޮށްފައި ވާކަމަށެވެ.

ޝިފާޢު ވަނީ، މަޖިިލީހުގެ ތަޅުމުގައި ފިޝަރީޒް މިނިސްޓަރ ހެއްދެއްވީ އިތުރުފުޅުކަމުގައި ވިދާޅުވެ އެކަން ކުއްވެރިކުރައްވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.