މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
20 Feb 2024
ޚަބަރު
ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ: ފިޝަރީޒް މިނިސްޓްރީ
ރިޔާޒުގެ ސުވާލާއި ގުޅިގެން، މިނިސްޓަރ ޝިޔާމް މަޖިލީހުގައި ވިދާޅުވީ، ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ހަމައެކަނި އެރަށުގެ ބަނދަރު ތަރައްޤީކުރުމަށްވެސް 157.3 މިލިޔަން ހޭދަވާނެކަމަށް އަންދާޒާކުރެވިފައިވާ ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.
12 Feb 2024
ޚަބަރު
މަސްވެރިންނަށް އަދިވެސް ނުދެވި 270 މިލިޔަން ރުފިޔާ އެބައޮތް - ފިޝަރީޒް މިނިސްޓަރ
ޝިޔާމް ވިދާޅުވީ، މިސަރުކާރު ފެށުނު ފަހުން މަސްވެރިން ކިރުވާފައިވާ މަހުގެ އަގު 422 މިލިޔަން ރުފިޔާއަށް އަރާ ކަމަށާއި، އެފައިސާގެ ތެރެއިން 270 މިލިޔަން ރުފިޔާ އަދިވެސް މަސްވެރިންނަށް ނުދޫކުރެވި އެބައޮތް ކަމަށެވެ. އަދި އެފައިސާ މަސްވެރިންނަށް ދޫކުރެވޭނެ ގޮތެއް ހޯއްދެވުމަށް މަސައްކަތްކުރައްވަމުންދާ ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.
31 Jan 2024
ޚަބަރު
އަސުރުމާ -3 އޮތީ ރާއްޖޭގެ ސަރަހައްދުގައި - ފިޝަރީޒް މިނިސްޓަރ
މިނިސްޓަރ ޝިޔާމް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އަސުރުމާ-3 ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
04 Jan 2024
ޚަބަރު
އެންވެރިކަން ހަލާކުވާތީ މާލެ އަތޮޅުތެރެއިން ބިންހިއްކުމަށް ވެލިނެގުން ހުއްޓާލުމަށް މަސްވެރިން ގޮވާލައިފި
އެ ޔޫނިއަންގެ އެކްސް ހޭންޑަލްގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް އާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، ޓެގްކޮށް ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ، ކަންނެލިމަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެދުވަހަކު މަހާޖައްރާފު ވެލިނަގަމުން ދާތީ އެންވެރިކަން ހަލާކުވެއްޖެ ކަމަށާއި، މާލެ އަތޮޅުތެރެއިން ވެލިނެގުން މިއަދުން މިއަދަށް ހުއްޓުވުމަށް ކަމާއިބޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.
09 Dec 2023
ޚަބަރު
މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ މަސްވެރިންގެ ގުންޒަރު ފަށައިފި
43 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މަސްވެރިންގެ ގުންޒަރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް އިފުތިތާހުކޮށްދެއްވައިފިއެވެ. މި ގުންޒަރު ކުރިއަށްދަނީ މީރުމާގައެވެ.