Advertisement

ބިންހިއްކުމަށް ވެލި ނަގަމުންދާ ޑްރެޖަރު ---

04 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އެންވެރިކަން ހަލާކުވާތީ މާލެ އަތޮޅުތެރެއިން ބިންހިއްކުމަށް ވެލިނެގުން ހުއްޓާލުމަށް މަސްވެރިން ގޮވާލައިފި

ބިންހިއްކުމުގެ މަޝްރޫޢުތައްކަށް މާލެ އަތޮޅުގެ އެތެރެވަރިން ވެލި ނަގަމުންދާތީ އެންވެރިކަން ހަލާކުވެއްޖެކަމަށް ބުނެ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެ ޔޫނިއަންގެ އެކްސް ހޭންޑަލްގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް އާއި، އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޭޖެންސީ، ޓެގްކޮށް ކޮށްފައިވާ ޕޯސްޓްގައި ބުނެފައި ވަނީ، ކަންނެލިމަސްވެރިން އެންމެ ރަނގަޅަށް އެންވެރިކަން ކުރަމުން އަންނަ އިހުރު ވައްބިންފަރު ކައިރިން ކޮންމެދުވަހަކު މަހާޖައްރާފު ވެލިނަގަމުން ދާތީ އެންވެރިކަން ހަލާކުވެއްޖެ ކަމަށާއި، މާލެ އަތޮޅުތެރެއިން ވެލިނެގުން މިއަދުން މިއަދަށް ހުއްޓުވުމަށް ކަމާއިބޭ އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން އިން ކުރި ޓްވީޓް --

މާލެ އަތޮޅު ވައްބިންފަރާއި އިހުރު، ކައިރިން ވެލި ނަގަމުން ދަނީ، އުތުރު ތިލަފަޅާއި، ގިރާވަރުފަޅަށް އިތުރުކުރާ ބިމާއި، ރަސްމާލޭގެ ބިން ހިއްކުމަށް ކަމަށް އެނގިފައިވެއެވެ.

ބިންހިއްކުމަށް މާލެ އަތޮޅު އެތެރެވަރިން ތެރެއިން ޑްރެޖަރުން ވަރަށް ގިނަ އަދަދަކަށް ވެލި ނަގަމުންދާތީ، އެތެރެވަރި ކިލުންވެ ފަރުފަރާ ހާހަލުގެ މައްޗަށް ކިސަޑާއި ވެލި އެޅި ގުދުރަތީ ފަރުތައް ހަލާކުވަމުންދާނީ، އެންވެރިކަންވެސް ދަނީ ހަލާކުވަމުންނެވެ.

ބިން ހިއްކުމުގެމަޝްރޫޢުތަކަކީ، ތިމާވެށީގެ ގޮތުން ބަލާއިރު ގެއްލުން ބޮޑު މަޝްރޫޢުތަކަކަށްވެފައި، އެކަމުގެ ސަބަބުން މަސްވެރިކަމާއި ފަތުރުވެރިކަމުގެ ސިނާޢަތަށްވެސް ނޭދެވޭ އަސަރުތައް ކުރަމުން އަންނާތީ ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކުންވެސް އަންނަނީ، ބިންހިއްކައިގެން ކުރިޔަށްގެންދެވޭ ތަރައްޤީގެ މަޝްރޫޢުތަކާއި ދެކޮޅު ހަދަމުންނެވެ.

މާލެ ސަރަހައްދުގައި ބިންހިއްކުމުގެ ބޮޑު ހަތަރު މަޝްރޫޢުއެއް ދަނީ ހިނގަމުންނެވެ. އެއީ ހުޅުމާލެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމާއި، ގުޅިފަޅާއި، އުތުރުތިލަފަޅާއި ގިރާވަރު ފަޅާއި، ފުށި ދިއްގަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތެވެ. 

ކޮމެންޓް
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.