Advertisement

ވެސެލް މޮނީޓަރިން ސިސްޓަމުން ފެންނަ ގޮތް --- ފޮޓޯ: ފިޝަރީޒް މިނިސްޓަރ

31 Jan 2024
ޚަބަރު
ޢަލީ ސުލައިމާން

އަސުރުމާ -3 އޮތީ ރާއްޖޭގެ ސަރަހައްދުގައި - ފިޝަރީޒް މިނިސްޓަރ

ބޭރު ޤައުމެއްގެ ސިފައިން ރާއްޖޭގެ މަސްދޯންޏެއް ކަމަށްވާ، އަސުރުމާ -3 އަށް އެރި އިރު އެދޯނި އޮތީ ރާއްޖޭގެ ޚާއްޞަ ޢިޤުތިިޞާދީ ސަރަހައްދުގައި ކަމަށް ކަށަވަރުވާ ކަމުގައި މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް, އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ބޭރުގެ ސިފައިންގެ މަނަވަރެއް ރާއްޖޭގެ ސަރަހައްދުގެ ތެރެއަށް ވަދެ ރާއްޖޭގެ މަސްދޯންޏެއް ކަމަށްވާ، އަސުރުމާ -3 އަރައި އެދޯނީގެ ފަޅުވެރިންނާއި ސުވާލުކޮށްފައިވާކަން، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ސަރުކާރުގެ ސަމާލުކަމަށް ގެނައުމާއި ގުޅިގެން އެކަމާއި ގުޅޭ ގޮތުން މިނިސްޓަރ ޝިޔާމް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އަސުރުމާ-3 ދޯނި ހއ. ތުރާކުނުގެ އިރުމަތިން 72 މޭލު ބޭރުގައި ބޮޑުކަންނެލީގެ މަސްވެރިކަން ކުރުމުގައި ހަރަކާތްތެރިވަމުން ދަނިކޮށް ބޭރު ޤައުމެއްގެ އަސްކަރީ އުޅަނދަކުން އަސުރުމާ 3 އަށް އަރައި ފަޅުވެރިންނާ ސުވާލުކޮށްފައިވާކަމީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއުޅަނދު ހަރަކާތްތެރި ވަމުންދިޔައީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުގައިކަން މިނިސްޓްރީގެ ވެސަލް މޮނީޓަރިންގ ސިސްޓަމްއިން ކަށަވަރުވާކަމަށާއި،  މި ހާދިސާއާ ގުޅިގެން ކޯސްޑްގާޑާއި އުޅަނދުގެ ވެރިފަރާތާއެކު ގާތުން މަސައްކަތް ކުރަމުން ދާކަމުގައިވެސް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައި ވަނީ އިންޑިއާ ނޭވީގެ މަނަވަރުތަކެއް ކަމަށް ދޯނީގައި ތިބި މީހުންނާއި ހަވާލާދީ، ވެރިފަރާތުން ރިޕޯޓްކޮށްފައިވެއެވެ.

މިހާދިސާ އާއި ގުޅިގެން އެންމެފަހުން އެމްއެންޑީއެފުން ބުނީ ދޯނި އޮތް ސަރަޙައްދަށް އެމްއެންޑީއެފްގެ އުޅަނދެއް ދަތުރުކުރަމުންދާ ކަމަށެވެ.

މީގެ ކުރިން ކަންނެލި މަސްވެރިކަން ކުރާ އުޅަނދުފަހަރަށް، ރާއްޖޭގެ އީއީޒެޑުން ބޭރަށް ނުކުމެވިގެން އިންޑިއާ އަސްކަރީ މަނަވަރުތަކުން ދިވެހި މަސްދޯނި ފަހަރަށް އަރައި ސުވާލުކޮށްފައިވެއެވެ. އެހެން ނަމަވެސް މިއަދުގެ ހާދިސާގައި އިންޑިއާ ސިފައިން އަސުރުމާ-3 ދޯންޏަށް އެރީ އެދޯނި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި އޮއްވައި އިންޑިއާނޭވީގެ މަނަވަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެގެން ކަމުގައި ރިޕޯޓްތައް ވަނީ ބުނެފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.