Advertisement

ފިޝަރީޒް މިނިސްޓަރ ޝިޔާމް

20 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވަރަށް ބޮޑު ހޭދައެއް ކުރަންޖެހޭ: ފިޝަރީޒް މިނިސްޓްރީ

މަސްގަނެ ޕްރޮސެސް ކުރުމަށްޓަކައި އަމިއްލަ ފަރާތަކުން އެންމެ ފުރަތަމަ ތަރައްޤީކޮށް ހިންގި، ކޮޅުމަޑުލު ފުނައްޑޫ ސަރުކާރަށް ގަނެފައިވާއިރު، އެ ފެސިލިޓީ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމުގައި، ފިޝަރިޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވީ، ފުނައްޑޫ އޮޕަރޭޝަނަށް ގެނައުމާއި ގުޅޭ ގޮތުން، ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބުދުﷲ ރިޔާޒު، ރައްޔިތުންގެ މަޖިލީހުގައި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރިޔާޒް ސުވާލުކުރައްވާފައި ވަނީ، ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނެވޭނެ ދުވަހަކާއި ގުޅޭ ގޮތުންނެވެ. އަދި ތަކުރާރުކޮށް މިއަހަރު ތެރޭގައި ފުނައްޑޫ އޮޕަރޭޝަނަށް ގެނެވިދާނެތޯ ސުވާލުކުރެއްވުމުންވެސް ފިޝަރީޒް މިނިސްޓަރ އެކަމަށް ޖަވާބު ދެއްވާފައެއް ނުވެއެެވެ.

ރިޔާޒުގެ ސުވާލާއި ގުޅިގެން، މިނިސްޓަރ ޝިޔާމް މަޖިލީހުގައި ވިދާޅުވީ، ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ހަމައެކަނި އެރަށުގެ ބަނދަރު ތަރައްޤީކުރުމަށްވެސް 157.3 މިލިޔަން ހޭދަވާނެކަމަށް އަންދާޒާކުރެވިފައިވާ ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

ތ. ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނައުމަށްޓަކައި، ބޭނުންވާ މާލީ އެހީތައް ހޯދުމަށް ކުރީގެ ސަރުކާރުންވެސް މަސައްކަތްކޮށް އެކަން ވަނީ ނާކާމިޔާބުވެފައި ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވީ، ފުނައްޑޫއަށް އެމިނިސްޓްރީގެ ޓީމްތައް ގޮސް އެރަށާއި ފެސިލިޓީތައް ބަލާފައިވާ ކަމަށާއި، އަދި ކުރިން ފާހަގަކޮށްފައިވާ އަގަށްވުރެ ކުޑަ އަގެއްގައި، ފުނައްޑޫ އޮޕަރޭޝަނަށް ގެނެވިދާނެކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ފުނައްޑޫއަކީ، ޑީއާރްޕީގެ ކުރީގެ ލީޑަރު އަޙްމަދު ތަސްމީން ޢަލީގެ ޙިއްސާ އޮންނަ ކުންފުންޏަކުން، ހިންގަމުން އައި ރަށެކެވެ. އެރަށުގެ ވިޔަފާރި ބަނގުރޫޓުވެ، ބޭންކަށް ދައްކަން ޖެހޭ ލޯނުތައް ނުދައްކައިގެން، 2013 ވަނަ އަހަރުން ފެށިގެން ބޭންކުން އެރަށް ވިއްކާލަން އުޅެ ނުވިކިފައި ވަނިކޮށް، 2022 މާރިޗު 6 ވަނަ ދުވަހު ވަނީ ސަރުކާރަށް ގަނެފައެވެ. އެރަށް ސަރުކާރުން ގަތީ، ފުނައްޑޫ އޮޕަރޭޝަނަލައިޒްކޮށް ހިންގިދާނެތޯ ބެލުމުގެ ސަރވޭތައް ކުރުމަށްފަހުގައި ކަމަށް، އޭރުގެ ފިޝަރީޒް މިނިސްޓަރ، ޑރ ޙުސައިން ރަޝީދު ޙަސަން ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވެފައިވެއެވެ. އޭރު ސަރުކާރުން ބުނެފައި ވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފުނައްޑޫ އަލުން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.