Advertisement

ފޮޓޯ: ފިޝަރީޒް މިނިސްޓްރީ

09 Dec 2023
ޚަބަރު

މަސްވެރިންގެ ދުވަހާއި ގުޅުވައިގެން ބާއްވާ މަސްވެރިންގެ ގުންޒަރު ފަށައިފި

43 ވަނަ މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މަސްވެރިންގެ ގުންޒަރު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް އިފުތިތާހުކޮށްދެއްވައިފިއެވެ. މި ގުންޒަރު ކުރިއަށްދަނީ މީރުމާގައެވެ. 

މި ގުންޒަރު ކުރިއަށްދާނީ މިއަދު ހެނދުނު 09:00 އިން ހަވީރު 17:00 ގެ ނިޔަލަށެވެ. މި ގުންޒަރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 40 މަސްވެރިން ވަނީ ބައިވެރިވެފައެވެ. އަދި އެކި އެކި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުންދާ ފަރާތްތައްވެސް މި ގުންޒަރުގައި ވަނީ ބައިވެރިވެފައެވެ.

މި ގުންޒަރުގައި މަސްވެރިންނާއި މަސްވެރިކަމާއި ގުޅޭ ތަފާތު އެކި ދާއިރާތަކާއި ބެހޭގޮތުން މަޝްވަރާކުރެވިގެން ދާނެއެވެ. އޭގެތެރޭގަ ކަޅުބިލަމަހުގެ މަސްވެރިކަމާއި، އެމް.އެސް.ސީ ސެޓިފިކެޓް ދެމެހެއްޓުމަށް ކުރަންޖެހޭ ކަންތައްތަކާއި، ބޮޑުކަންނެލީގެ މަސްވެރިކަން ދެމެހެއްޓުމައްޓަކައި ހިންގަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާކުރާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

އަދި މަސްދޯނިފަހަރުގައި ރެސްކިއު ޑައިވިނައް ސެޓިފައިވެފައިވާ ފަޅުވެރިން ތިބުމުގެ މުހިންމު ކަމާއި، ކަނދުފަތި ގާއިމްކުރުމުގައި ބަލަންޖެހޭ ބައެއް ފަންނީ ކަންކަމަށްވެސް އަލިއަޅުވާލެވޭނެއެވެ.

މީގެ އިތުރުން މަސްވެރިޔާ ކާޑުގެ މައުލޫމާތު އަދި ސްކޭމް އާއި ފްރޯޑްއަށްމަށް މައުލޫމާތު ރައްކާތެރިވުމަށް ހޭލުންތެރިކުރު ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ހަމައެއާއެކު މަހުގެ އަގު ކަނޑައެޅުމުގައި އަމިއްލަ ކުންފުނިތަކުގެ ފަރާތުން ގެންގުޅޭ ހަމަތަކާއި މިންގަނޑުތަކާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށްވެސް ހަމަޖެހިފައިވާކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މަސްވެރިކަމުގެ ސިނާއަތުގައި ހުރި ކަންބޮޑުވުންތައް ހިއްސާކޮށް އެކަންކަން ހައްލުކުރުމަށް ކުރެވިދާނެ ކަންތައްތަކާ މި ގުންޒަރު ނިންމާލުގެ ގޮތުން މަސްވެރިންގެ ހިޔާލު ހޯދާނެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.