Advertisement

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް --

26 Feb 2024
ޚަބަރު

ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ބޮޑު ކުރަން އުޅޭ ކަމުގެ އިޝާރާތެއް

ރާއްޖޭގައި ޑޮލަރު މާރު ކުރުމަށް ކަނޑައަޅާފައިވާ ރަސްމީ އަަގަށް ބަދަލު ނުގެނެސް ވާން ނެތްކަމުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު އުތުރުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން. ހދ ނޮޅިވަރަންފަރު ރައްޔިތުންނާއި އެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ، ކުރީ ސަރުކާރުން ގިނަ އަދަދެއްގެ ފައިސާ ޗާޕްކޮށްފައި ވާތީ، ދިވެހި ރުފިޔާތައް ދުވީ ޑޮލަރު ފަހަތުން ކަމަށާއި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެގެން ގޮސް  18 ރުފިޔާއަށް ވުރެ ކުޑަކޮށް ޑޮލަރު ގަންނަން ލިބިވަޑައިނުގަންނަވާ ކަމަށެވެ. 

"އެހެންވެއްޖެ ކަމަށް ވަންޏާމު، ޑޮލަރުން މުދާ ގަނެގެން، ހަރުގައި މުދާ ޖަހައި ވިޔަފާރިވެރިޔާ ވިއްކާ މުދާވެސް އަގު ބޮޑުވާނެ. އެހެންވީމަ ދިވެހި ރައްޔިތުންގެ ޖީބުތަކަށް ބާރު ބޮޑުވާނެ ނޫންތޯ؟ އެހެންވެގެން ރައީސުލްޖުމްހޫރިއްޔާ ބޭނުން ފުޅުވީ ފައިސާ ޗާޕް ކުރުން ހުއްޓާލައްވަން."

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހުގައި ފައިސާ ޗާޕް ކުރެއްވުން ހުއްޓަވާލައްވާފައިވާ ކަމަށެވެ. އަދި ފައިސާ ޗާޕްކުރުމަކީ އެކަމުގެ ސަަބަބުން ރައްޔިތުންގެ ދިރިއުޅުމަށް އުނދަގޫ ތަކެއް ކުރިމަތިވާ ކަމެއް ކަމުގައިވެސް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަކީ އިމްޕޯޓަށް ބަރޯސާވެފައި ތިބި ބައެއް. ޑޮލަރު ހޯދައިގެން ނޫނީ، ބޭސްފަރުވާއެއްވެސް ރާއްޖެއިން ބޭރުން ނުކުރެވޭ. ޑޮލަރު ހޯދައިގެން ނޫނިއްޔާމު މުދަލެއްވެސް ރާއްޖެއިން ބޭރުން ނުގެނެވޭ.  އެއްކަލަ 15.42އަށް އަޅުގަނޑަކަށް ނޭނގެ، ފައިސާ ޗާޕް ކުރީމަ އަޅުގަނޑަކަށް ނޭނގެ ... މިއަދަދުގައި ހިފެހެއްޓޭނީ ކިިހާ ދުވަހަކު ކަމެއް." 

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް

ރާއްޖޭގައި ރަސްމީ ޑޮލަރު އެކްސްޗޭންޖް ރޭޓަކީ، 15 ރުފިޔާ 42 ލާރިއެވެ. އެހެން ނަމަވެސް، ރާއްޖޭގައި ޑޮލަރަށް އޮތް ޑިމާންޑް ބޮޑުވެ ކަޅުބާޒާރުގައި ޑޮލަރުގެ އެކްސް ޗޭންޖް ރޭޓް ވަނީ 18 ރުފިޔާއަށް މަތިވެފައެވެ.

ރާއްޖޭގެ ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ބޮޑު ކުރުމަށް ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިވެރިން ދަނީ ސަރުކާރަށް ހުށައަޅައި އެކަމަށް ބާރު އަޅަމުން ކަމުގައި މައުލޫމާތު ލިބިފައިވެ ވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.