Advertisement

ރައީސުލްޖުމްހޫރިއްޔާ ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އިސްފަރާތްތަކާއި އެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން ---

03 Sep 2024
ޚަބަރު
ޢަލީ ސުލައިމާން

ރައީސް ކަންކަން ނިންމަވަނީ، މަޝްވަރާކުރައްވަންޖެހޭ ފަރާތްތަކާއި މަޝްވަރާކުރައްވައިގެން ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ކަންކަން ނިންމަވަނީ، އެކަމަކާއި ގުޅޭ ހުރިހާ ފަރާތްތަކާއި މަޝްވަރާކުރައްވައި ޚިޔާލު ހޯއްދަވައިގެން ކަމުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ލޭނު މަސްވެރިކަމަށް ހުއްދަ ދިނުމަށް ކުރިން ނިންމެވި ނިންމެވުން ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ ލޭނު މަސްވެރިކަމަށް ހުއްދަ ނުދޭން ނިންމެވީ ފިޝަރީޒް މިނިސްޓަރާއި މަޝްވަރާ ނުކުރައްވައި، ކަމަށް ރާއްޖޭގެ ނޫހަކުން ރިޕޯޓުކުރުމާއި ގުޅިގެން އެކަމަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓުގައެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ވެރިކަން ކުރެއްވި ވަރަށްގިނަ ރައީސުން އެމަނިކުފާނަށްވެސް ތަޖުރިބާ ކުރެވިއްޖެ ކަމަށާއި، ރައީސް ޑރ. މުއިއްޒު އާއެކު ތަޖުރިބާ ކުރެވެނީ، އެމަނިކުފާނަކީ، މަޝްވަރާ ކުރައްވަން ޖެހޭ ކަންކަމުގައި މަޝްވަރަާ ކުރައްވަންޖެހޭގޮތަށް މަޝްވަރާ ކުރައްވަންޖެހޭ ފަރާތްތަކާ އަދި މަޝްވަރާ ކުރައްވަން ޖެހޭ މިންވަރަށް މަޝްވަރާ ކުރައްވާ ބޭފުޅެއްގެ ގޮތުގައިކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އިއްޔެ ވަނީ، ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން (ބީ.ކޭ.އެމް.ޔޫ) ގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. އެބައްދަލުކުރެއްވުމުގައިވެސް މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، އަޙްމަދު ޝިޔާމް ބައިވެރިވެވަޑައިގެންނެވިއެވެ. އެބައްދަލުވުމުގައި ލޭނުގެ މަސްވެރިކަމަށް ހުޅުވައި ނުލުމަށް ރައީސް ނިންމެވި ނިންމެވުމަށް، (ބީ.ކޭ.އެމް.ޔޫ)އިން ވަނީ ޝުކުރުދަންނަވާފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.