Advertisement

ފިޝަރީޒް މިނިސްޓަރ ޢަހްމަދު ޝިޔާމް --

20 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ތިން އައިސް ޕްލާންޓެއް ހިންގުމަށް ފެނަކައާއި އެކު ހަދާފައިވާ އެއްބަސްވުންތައް ބާޠިލްކޮށްފި

ފެނަކަ ކޯޕަރޭޝަނާއި ހަވާލުކޮށްގެން، ތިން ރަށެއްގައި ހިންގަމުން އައި އައިސްޕްލާންޓްތައް ހިންގުމާއި ގުޅޭ އެއްބަސްވުންތައް ބާޠިލްކޮށްފައިވާ ކަމުގައި، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި މިއަދު މެމްބަރުންނާއި ސުވާލު ކުރުމުގެ ވަގުތުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ، އައިސް ޕްލާންޓްތައް ހިންގުމުގެ އެއްބަސްވުންތައް ބާޠިލްކުރުމަށް ނިންމީ އެކަމަކީ، ފެނަކައަށް އެކަށީގެންވާ ގޮތުގައި ކުރެވޭނެ ކަމަކަށް ނުވާތީ އާއި އަދި މިހާރު ހަވާލުކޮށްފައި ހުރި އަގުތަކަކީވެސް އެކުންފުންޏަށް އެކަން ކުރެވޭވަރުގެ އަގުތަކެއް ކަމުގައި ނުވާތީ ކަމަށެވެ. އަދި ފެނަކައިންވެސް ބޭނުންވަނީ، އައިސްޕްލާންޓްތައް ހިންގުން ދޫކޮށްލަން ކަމަށާއި، މަސައްކަތްތައް ކުރިޔަށް ގޮސްފައި ހުރި ސްޕީޑަށް ބަލައި މިނިސްޓްރީންވެސް ބޭނުންވަނީ، ފެނަކައިގެ އަތުން އައިސްޕްލާންޓްތައް ނަގަން ކަމުގައި ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތިން އައިސް ޕްލާންޓެއް، ތިންރަށެއްގެ އައިސް ޕްލާންޓެއް ވާނީ، މިހާރު ފެނަކަ އާއި އެކު ހެދިފައިވާ އެގްރިމެންޓް ބާޠިލްކޮށްފައި. އަދި، ހއ. ދިއްދޫގެ އައިސްޕްލާންޓް ހިމެނޭ ގޮތަށް، އަޅުގަނޑުމެން މިދަނީ އެކަމުގައި ވީހާވެސް އަވަހަކަށް، މަސައްކަތް ކުރިޔަށް ގެންދެވޭނެ ގޮތް ބަލައި، ފެނަކަ އާއި އެކީގަިއ ހެދިފައި އޮތް އެއްބަސްވުމެއް އުވާލައިގެން ނަމަވެސް އެމަސައްކަތް ބާރަށް ގެންދިޔުމުގެ ވިސްނުން އަޅުގަނޑުމެންގެ އޮތީ." 

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް --

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމްގެ ވާހަކަފުޅުގައި މަސްވެރިކަމުގެ ސިނާޢަތުގައި، ހުރި ގޮންޖެހުންތައް ފާހަގަކުރައްވައި ވިދާޅުވީ، ކަޅުބިލަ މަސްގަންނަ ފަރާތްތަކުގެ ތެރޭގައި މިވަގުތު މަސްގަންނަމުން ދަނީ، ހަމައެކަނި، ހޮރައިޒަން ފިޝަރީޒް އިން ހިންގާ މާންދޫއަށް ކަމަށެވެ. އަދި ކުރީ ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލާއި އެކު އެންސިސްއިން ކަޅުބިލަމަސް ގަތުން ހުއްޓާލާފައިވާ ކަމުގައިވެސް މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ.

ކަޅުބިލަ މަހުގެ މަސްވެރިކަމުގެ ސިނާޢަތަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ ގޮތްތައް ހަމަޖެހިފައި ނެތުމެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.