Advertisement

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް އާއި މިފްކޯގެ އިސްބޭފުޅުން --

02 Jul 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްގަންނަ އަގު ދަށްކޮށްގެންވެސް ވަޢުދުވީގޮތަށް މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރު ތެރޭގައި ފައިސާ ނުދެވޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ ވިދާޅުވެއްޖެ

މަސްވެރިން ބާނާ މަސް މިފްކޯއަށް ގަންނަ އަގު ކުޑަކޮށް ހޯމަ ދުވަހުން ފެށިގެން ގެނެސްފައިވާ ބަދަލުތަކާއި އެކުގައިވެސް، ރިޔާސީ އިންތިޚާބުގެ ތެރޭގައި މަސްވެރިންނަށް ވީ ވަޢުދާއި އެއްގޮތަށް، 48 ގަޑިއރުގެ ތެރޭގައި މަސްވެރިން ކިރުވާ މަހަށް ފައިސާ ނުދެވޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް މިހެން ވިދާޅުވީ، ރާއްޖޭގެ ބައެއް މީޑިއާތަކާއި އިއްޔެ ބައްދަލުކުރައްވައި މަސްވެރިކަމުގެ ސިނާޢަތު ރަނގަޅު ކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، މަސްވެރިންނަށް މިފްކޯއިން ދޭން ޖެހޭ ފައިސާ ދިނުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ތަކާއި ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ، މަސްވެރިން ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަކީ، ސަރުކާރުން ޙާސިލްކުރަން ބޭނުންވާ އަމާޒެއް ކަމަށެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް 2 އަހަރުގެ ތެރޭގައިވެސް އެ ވަޢުދު ނުފުއްދޭނެ ކަމުގައި ފިޝަރީޒް މިނިސްޓަރ އިއްޔެ ވަނީ ފާހަގަކުރައްވާފައެވެ.

" 48 ގަޑިއިރުގެ ތެރޭގައި އަޅުގަނޑުމެންގެ ސަރުކާރުގައި ފައިސާ ދޭނެ ކަމުގެ ވަޢުދަކީ މިއީ، އަޅުގަނޑުމެން ތަޞައްވަރު ކުރާ ގޮތް އަސްލު. ސިނާޢަތަށް މި ހެޔޮ ބަދަލު ގެންނާނެ މިންވަރު ޙަޤީޤަތުގައި އަޅުގަނޑުމެން، އިނގޭތޯ؟ މިހިސާބަށް ވާޞިލްވުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތްތައް މިއަދު މިކުރަނީ އިނގޭތޯ؟ މިބަދަލާއި އެކީގައި އަޅުގަނޑުމެންނަކަށް އަދި 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ ގޮތެއް ނޯންނާނެ."

ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް --

ފިޝަރީޒް މިނިސްޓަރ ޝިޔާމް ވިދާޅުވީ، 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ސަރުކާރުން ވަޢުދުވެފައިވާތީ އެވާކަތައް ދެކެވުނު ނަމަވެސް މަސްވެރިންނަށްވެސް އެންމެ ޕްރެކްޓިކަލް ގޮތެއްގައި ފައިސާދިނުމަށް ސަރުކާރަށްވެސް ފެނިވަޑައިގަންނަވަނީ ކޮންމެ ހަފްތާއަކުން ހަފްތާއަކުން ފައިސާ ދިނުން ކަމުގައި މިނިސްޓަރ ޝިޔާމް ވިދާޅުވިއެވެ. އަދި މަސްވެރިންވެސް އެދެނީ ހަފްތާއިން ހަފްތާއަށް ފައިސާ ލިބުން ކަމަށާއި، 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރެވޭ ހިސާބަށް ދެވޭނީ، މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ހެދިގެން ކަމަށެވެ. އަދި އަމާޒަކީ މިފްކޯއަކީ ސަރުކާރުންދޭ ސަބްސިޑީއާ ފައިސާއަށް ބަރޯސާ ނުވެ ހިންގާ ކުންފުންޏަކަށް ހެދުމަކީ އަމާޒު ކަމަށާއި، މިހާރު ގެންނަމުންދާ ބަދަލުތަކާއި އެކީގައި، 2026 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް އެ ހިސާބަށް ވާޞިލްވެވޭނެ ކަމަށް އަމާޒު ހިފާފައިވާ ކަމަށެވެ.

ކޮމެންޓް
އިއްބެ
ވެރިމީހާދުލުން ރައްޔިތުންނަނަށް ވަޢުދެއްވެއްޖެނަމަ އެވަޢުދު ފުއްދުމަކީ އެވެރިމީހާގެމައްޗަށް ލާޒިމުކަމެކެވެ ވަޢުދުނުފުދުމަކީޚާއްސަކޮށް ވަޢުދާއިޚިލާފުވުމަކީ ޔަހޫދީންގެކަމެކެވެ އެފަދަމީހުންވެރިކަމުން ބަރީއަވާންޖެހެއެވެ
02 Jul 2024
އިތުރު އާޓިކަލް
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.
02 Jul 2025
ޚަބަރު
ވަގު ފޯމުތަކުގެ މައްސަލައިގައި ފުލުހުން ނިންމީ ތަހުގީގު ނުކުރަން
ހެރިޓޭޖް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، މުހައްމަދު ތޯރިގުގެ ނަމުގައި ވެރިކަން ކުރާ ޕީއެންސީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ ވަގު ފޯމެއްކަން ސާބިތުވުމުން ވެސް އެ މައްސަލައިގައި ޖިނާއީ ދައުވާއެއް ކުރާވަރުގެ ހެއްކެއް ނެތްކަމަށް ބުނެ، ފުލުހުން އެ މައްސަލަ ފައިލް ކޮށްފިއެވެ.
30 Jun 2025
ވިޔަފާރި
އާންމުކޮށް އޮންލައިން ވިޔަފާރިކުރާ ސައިޓުތަކުން އިތުރު ފީއެއް ނަގަން ނިންމައިފި
ބީއެމްއެލް އިން ބުނީ، އިންޓަނެޓް މެދުވެރިކޮށް ބައެއް ފަރާތްތަކުން މަދު ސައިޓްތަކުން ވިޔަފާރީގެ ބޭނުމަށް މުދާ ގެނައުމަށް ފައިސާ ދައްކާ ކަމަށެވެ. އެގޮތަށް ފާހަގަކުރެވޭ "ބައެއް މަދު ސައިޓްތަކުން، 1 ޖުލައި 2025 އިން ފެށިގެން 30 ޕަސެންޓާ ހަމައަށް ފީއެއް ނަގާނެ" ކަމަށް ބޭންކުން ބުންނެވެ. އޭގެ ތެރޭގައި އާންމުކޮށް ދިވެހިން ބޭނުން ކުރާ ޓީމޫ، ޝީއިން، އަލިބާބާ، އަލި އެކްސްޕްރެސް، ލަޒާޑާ އަދި އީބޭ ހިމެނޭނެއެވެ.
30 Jun 2025
ވިޔަފާރި
ބީއެމްއެލް ޑެބިޓް ކާޑު ލިމިޓް 500 ޑޮލަރަށް ބޮޑުކޮށްފި
ބީއެމްއެލްއިން ވިދާޅުވީ ބޭންކުގެ ހުރިހާ ކަސްޓަމަރުންނަށް ހަމަހަމަކަމާއި އެކު ބޭންކުން ދޫކޮށްފައިވާ ހުރިހާ ބްރޭންޑެއްގެ ޑެބިޓް ކާޑުތަކުން ރާއްޖޭން ބޭރުގެ މުއާމަލާތްތަކަށް ބޭނުންކުރެވޭ އަދަދު އިތުރުކުރުމަށްޓަކައި، މިހާރު ޑެބިޓް ކާޑުތަކުން ނިސްބަތުން މަދު ކަސްޓަމަރުން ނަހަމަގޮތުގައި ކުރާ ބޭނުންތަކާއި ވިޔަފާރީގެ ބޭނުމަށް އަމިއްލަ ފަރުދުންގެ އެކައުންޓްތަކުން ކުރާ ބޭނުން ކޮންޓްރޯލްކުރުމަށް ބަދަލުތަކެއް ވެސް ގެނެވިފައިވާނެކަމަށެވެ.