Advertisement

23 Feb 2024
ޚަބަރު
މިފްތާޙް މުޙައްމަދު

މުޒާހަރާއަށްފަހު މަސްވެރިންނަށް 70 މިލިއަން ރުފިޔާ ދޫކޮށްފި

މަސްވެރިންގެ އަތުން މަސް ގަތުމަށްފަހު ސަރުކާރުން ދޭން ޖެހިފައިވާ ފައިސާގެ ތެރެއިން 70 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ވާގޮތުން، ބުދަ ދުވަހުގެ ރޭގެ ނިޔަލަށް މިފްކޯއިން މަސްވެރިންނަށް 70 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވެއެވެ. އަދި ބާކީ 30 މިލިއަން މި އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޖަމާކޮށްދޭނެކަމަށް ވެސް އެ މިނިސްޓްރީއިން ބުނެފައިވެއެވެ.

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބިގެން ކޫއްޑޫ މަސްވެރިންވަނީ މިދިޔަ ހަފްތާގައި މުޒާހަރާކޮށް، ކޫއްޑޫ މަސްފެކްޓަރީ ހުއްޓުމަކަށް ގެނަސްފައެވެ. މިކަމާ ގުޅިގެން މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަހްމަދު ޝިޔާމް ވަނީ ކޫއްޑޫއަށް ވަޑައިގެން މަސްވެރިންނާ ބައްދަލުކޮށްފައެވެ. އަދި ސަރުކާރުން އެ ފައިސާ ވަރަށް އަވަހަށް ހަމަޖައްސައިދޭނެކަމަށާއި، މަސްވެރިން އަނބުރާ މަހަށް ފުރުމަށް މިނިސްޓަރ ވަނީ އެދިވަޑައިގެންފައެވެ.

ކޫއްޑޫ މަސް ފެކްޓަރީގެ މަސައްކަތް މިދިޔަ ބުދަ ދުވަހު އަނބުރާ ރުޖޫއަކޮށްފައިވާއިރު، މިނިސްޓަރުގެ މި ކުއްލި ދަތުރުފުޅާ ގުޅިގެން ކޫއްޑޫގެ މަސްވެރިންގެ ފަރާތުން ލިބުނު އެއްބާރުލެއްވުމަށް މިނިސްޓްރީން ވަނީ މަރުހަބާ ކިޔާފައެވެ.

މިނިސްޓްރީން ނެރުނު ބަޔާނުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، މަސްވެރިންގެ ކަންބޮޑުވުންތައް ހައްލުކޮށް މަސްވެރިކަމުގެ ސިނާއަތު ތަރައްގީކޮށް މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކޮށް މަސްވެރި އާއިލާތަކުގެ ތަނަވަސްކަން އިތުރުކުރުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒެވެ. އަދި މަސްއޮޑިފަހަރަށް ދޭންޖެހޭ ފައިސާ ވީ އެންމެ އަވަހަށް ދޫކުރުމުގެ އިންތިޒާމް ހަމަޖައްސައި ދިނުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް މިނިސްޓްރީއިން ނެރުނު ބަޔާނުގައިވެއެވެ.

ސަރުކާރުގެ އަމާޒަކީ މިފްކޯއަށް ކިރާ މަހުގެ އަގަށް ވާ ފައިސާ 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ދޫކުރުމުގެ ކަންކަން މި ދައުރުގެ ކުރީކޮޅު ފެށުމެވެ. އަދި އެ އަމާޒާއެއްގޮތަށް އެކަން ކުރިޔަށް ގެންދަވާނެކަމުގެ ޔަގީންކަން ދެއްވައި އެ ވައުދު ރައީސް ވަނީ މި ފަހުން ވެސް ތަކުރާރު ކުރައްވައިފައެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.