Advertisement

ކޫއްޑޫ ބަނދަރުމަތި --

20 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

މަސްވެރިންގެ އިހްތިޖާޖަށް 3 ދުވަސް: ކޫއްޑޫއިން ކަރަންޓް ކަނޑާލާނެ ކަމަށް މުޒާހަރާގެ ބައިވެރިން އިންޒާރުދީފި

މަސްވެރިން ކިރުވާ މަހަށް ފައިސާ ނުދެވި ގިނަ ދުވަސްތަކެއް ވެގެން ދިޔުމާއި ގުޅިގެން އެކަމާއި ނުރުހުންފާޅުކޮށް އިހްތިޖާޖު ކުރަމުންދާ މަސްވެރިން، ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރު ދީފިއެވެ.

މަސްވެރިންނަށް ފައިސާ ދިނުން ލަސްވުމާއި ގުޅިގެން މަސްވެރިން އެކަމުގެ ޝަކުވާތައް ކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަމާއި ނުރުހުންފާޅު ކުރުމުގެ ގޮތުން މަސްވެރިން ކުރާ އިހްތިޖާޖު ފަށާފައި ވަނީ، އާދީއްތަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް ފެއްޓެވި ދަތުރުފުޅާއި ދިމާކޮށެވެ.

މަސްވެރިން ޑިމާންޑް ކުރަމުންދަނީ މަސްވެރިން ކިރުވާފަިއވާ މަހަށް މިފްކޯއަށް ދޫނުކުރެވި ހުރިފައިސާ ވީއެންމެ އަވަހަކަށް ދިނުމަށެވެ. އެހެން ނަމަވެސް މިފްކޯގެ ކޭޝްފްލޯއަށް ދިމާވެފައިވާ ދަތިތަކާއި ސަރުކާރަށް ކުރިމަތިވެފައިވާ މާލީ ދަތިތަކާއި އެކު، ސަރުކާރުން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ހަމައަށް ދިނުމުގައި ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.

ކޫއްޑޫގައި މުޒާހަރާކުރާ މަސްވެރިން ތިބީ ކޫއްޑޫ ބަނދަރު ސަރަހައްދުގައެވެ. އަދި ކޫއްޑޫގެ އޮޕަރޭޝަންތައް ހުއްޓިފައިވާ އިރު، ކޫއްޑޫއިން ކަރަންޓް ކަނޑާލާނެ ކަމުގެ އިންޒާރުވެސް މަސްވެރިން ދީފައިވާ ވީޑިއޯތައް މިހާރު ސޯޝަލް މީޑިއާގައި ވަނީ ދައުރުކުރަން ފަށާފައެވެ.

މިއަދުވެސް މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ގުޅޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގައި، ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމާއި ވަނީ ސުވާލުކޮށްފައެވެ. މިނިސްޓަރ ޝިޔާމް ވިދާޅުވީ، މަސްވެރިންނަށް ދޭންޖެހި ނުދެވި ހުރި ފައިސާގެ އަދަދު މިހާރު 310 މިލިޔަނަށް އަރާފައިވާ ކަމަށެވެ.

ސަރުކާރުން ވަނީ، އަންނަ މާރިޗުމަހުގެ 5 ވަނަ ދުވަހުގެ ކުރިން މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިންމާނެކަން އިއުލާންކޮށްފައެވެ. އެހެން ނަމަވެސް މަސްވެރިން ބޭނުން ވަނީ އެއަށްވުރެވެސް އަވަހަށް ފައިސާ ލިބުމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.