Advertisement

ރެސްކިއު ޑައިވަރުން ތަމްރން ކުރުމުގެ ޕްރޮގްރާމްގެ ތެރެއިން --

25 Feb 2024
ޚަބަރު
ޢަލީ ސުލައިމާން

ދެކުނުގެ އަތޮޅުތަކުގައި 56 ޑައިވަރުން ތަމްރީންކޮށްފި

ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނު ކުރުމަށް ހިންގާ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 56 މީހުން ތަމްރީން ކުރެވިފައިވާ ކަމުގައި ފިޝަރީޒް މިނިސްޓަރ އަޙްމަދު ޝިޔާމް މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ، ދެކުނުގެ އަތޮޅުތަކުން 56 ދޯންޏަކުން ކޮންމެ ދޯންޏަކުން އެއް ފަޅުވެރިއަކު، ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނުކޮށްފައިވާ ކަމަށެވެ. މިގޮތުން، އެންމެ ގިނަ ޑައިވަރުން ތަމްރީންކޮށްފައި ވަނީ ގއ. އަތޮޅުންނެވެ. އެއަތޮޅުން އެކަނިވެސް 37 މީހުން ތަމްރީންކޮށްފައިވެއެވެ.

އަދި ސ. މަރަދޫއިން 11 މީހުންނާއި، ގދ މަޑަވެލިން 08 މީހުން މި ޕްރޮގްރާމްގެ ދަށުން ވަނީ ތަމްރީންކޮށްފައެވެ.

މަސްވެރިކަން ކުރާ އޮޑިދޯނިިފަހަރުގެ ތެރެއިން، ފީނައިގެން އެންވެރިކަން ކުރާ ކޮންމެ އޮޑިއަކުން މަދުވެގެން އެއް ފަޅުވެރިއަކު ރެސްކިއު ޑައިވަރ ފެންވަރަށް ތަމްރީނުކުރުމަކީ، ފީނުމުގެ ތެރޭގައި ހިނގާ ހާދިސާތައް މަދުކުރުމުގެ ގޮތުން ކުރިޔަށް ގެންދާ ޕްރޮގްރާމެކެވެ. ރާއްޖޭގައި އެންމެ ގިނައި ފީނައިގެން އެންހިފަނީ ހުވަދު އަތޮޅުގައި ކަމަށް ވާއިރު، ފީނުމުގެ ތެރޭގައި ހިނގާ ހާދިސާތަކުގައި މީހުން، ޑީކޯ ވުމާއި މަރުވުމުގެ ހާދިސާތައް އެއަތޮޅުގައި އިތުރުވެފައިވެއެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.