Advertisement

އިއްޔެ މުޒާހަރާ ކުރި ދޯނިތައް ހުޅުމާލެ ފަޅުގައި ---

13 Jun 2024
ޚަބަރު
ޢަލީ ސުލައިމާން

ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށާއި ޑީސަލްގެ އަގު ހެޔޮކޮށްދިނުމަށް ސަރުކާރުން ނިންމައިފި

ލޭނުގެ މަސްވެރިކަމަށް ހުއްދަ ނުދިނުމަށާއި ޑީސަލްގެ އަގު ހެޔޮކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާކަން ހާމަކުރުމާއި ގުޅިގެން ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ކުރަމުންދިޔަ މުޒާހަރާ ހުއްޓާލައިފިއެވެ.

އިިއްޔެ އިން ފެށިގެން، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ ފަރާތްތަކުން ވަނީ، ހުޅުމާލޭ ފަޅުގަޔާއި، މާލޭ އެއް ނަމްބަރު ޖެޓީ ސަރަހައްދުގައި މުޒާހަރާކޮށްފައެވެ. ބޮޑު ކަންނެލީގެ މަސްވެރިންގެ މައިގަނޑު ޑިމާންޑަކީ، ލޭނުއެޅުމުގެ މަސްވެރިކަމަށް ބޭރުގެ ފަރާތްތަކަށް ހުއްދަ ދިނުމަށް ސަރުކާރުން ކުރަމުންދ ާމަސައްކަތްތައް ހުއްޓާލުމާއި، މަސްވެރިންނަށް އަގުހެޔޮކޮށް ޑީސަލް ލިބޭނެ ގޮތް ހަދައި ދިނުމެވެ.

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ، ކަންނެލި މަސްވެރިކަމަށްލޭނު އެޅުމަށް ހުއްދަ ނުދޭނެ ކަމަށާއި އަދި އެއްގަމު ސެޑް ތަކުން ޑީސަލް ގަންނަން ލިބޭ އަގަށް ކަންނެލި މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭނެ ކަމަށް ސަރުކާރާއި އެކު ކުރެވުނުމަސްވަރާތަކުން އެއްބަސްވުމަކަށް އާދެވުމުން އިހްތިޖާޖު ނިންމާލާފައިވާ ކަމަށެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްއިން ބުނީ، ހުޅުމާލެއިން މަސްވެރިންނަށް ޑީސަލް ވިއްކ އަގު ޝެޑްތަކުން ޑީސަލް ވިއްކާ އަގާއި އެއްހަމަކޮށްފައިވާ ކަމަށާއި، އެއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މެނިފެސްޓޯގައިވާ ވަޢުދު ފުއްދުމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ.

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.