Advertisement

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޓްރެއިނިން ޕްރޮގްރާމް - ފޮޓޯ: ފިޝަރީޒް

08 Feb 2024
ޚަބަރު

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ފަށައިފި

ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށް ދިނުމުގެ ގޮތުން ފިޝަރީޒް މިނިސްޓްރީން ހިންގާ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް މިއަދު ފަށައިފިއެވެ.

އެމިނިސްޓްރީން ހާމަކުރައްވާ ގޮތުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން މި ޕްރޮގްރާމްގައި ބައިވެރިވި 15 ބައިވެރިންނާއިއެކު، މިތަމްރީން ޕްރޮގްރާމް ފަށާފައި ވަނީ މިއަދު ހެނދުނު، ކ. މަނިޔަފުށީގައެވެ. 8 ފެބްރުއަރީ 2024 އިން 21 ފެބްރުއަރީ 2024 ގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާއިން ތަފާތު ބައިތައް ހިމެނިގެން ފަރުމާކޮށްފައިވާ ޕްރޮގަރާމެއްކަމުގައި އެމިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދާ މިތަމްރީން ޕްރޮގްރާމްގެ އަމާޒަކީ، މެރިކަލްޗަރ ތަރައްޤީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރުން ކަމުގައި ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި މި ޕްރޮގްރާމުގައި ވީހާވެސް ގިނަބަޔަކަށް ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް، ތަމްރީނު ޕްރޮގްމާމްތަކުން ފޯރުކޮށްދޭ މައުލޫމާތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ޤާއިމްކޮށް ތަރައްޤީކުރުމަށް ބޭނުންތެރިކަންކަމަށް ހެދުމަށްޓަކައި މި ޕްރޮގްރާމްގައި ތަމްރީނު ދިނުމަށް ހަމަޖެހިފައިވަނީ 2 ގޮތަކަށް ކަމުގައިވެސް އެމިނިސްޓްރީން ވިދާޅުވިއެވެ.

މިގޮތުން އެއްގޮތަކީ، ތަމްރީނުގައި ބައިވެރިވާ ފަރާތްތަށް ދިރިއުޅޭ ރަށްތަކަށް ޓީމުތަކުން ގޮސްގެން އެރަށްރަށުގައި ތަމްރީން ދިނުމެވެ. އަދި އަނެއް ގޮތަކީ، ވަކި ބާވަތެއް އާލާކުރުމުގެ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި މަނިޔަފުށީ ރިސާރޗް އެންޑް ޓްރޭނިން ފެސިލިޓީގައި ތަމްރީންތައް ހިންގުމެވެ.

މިއަދުފެށި މި ތަމްރީން ޕްރޮގްރާމްގައި، ފާނަ، ހުއިފި ލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކޮށް ދިރުވާނޭ ގޮތްތައް ދަސްކޮށްދޭނެއެވެ. މިއީ މި

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.