Advertisement

ރައީސް ނަޝީދު ---

17 Aug 2024
ޚަބަރު
ޢަލީ ސުލައިމާން

ލޭނު އެޅުމުގެ މަސްވެރިކަމާއި ދެކޮޅަށް ރައީސް ނަޝީދުވެސް ވާހަކަފުޅު ދައްކަވައިފި

ސަރުކާރުން ލޭނުގެ މަސްވެރިކަމަށް ހުއްދަ ދިނުމަށް ކުރަމުން އަންނަ މަސައްކަތްތަކާއި ދެކޮޅުކަން ރައީސް ނަޝީދުވެސް ހާމަކުރައްވައިފިއެވެ.

ސަރުކާރުން ވަނީ، ލޭނު މަސްވެރިކަން ކުރުމުގެ ޤަވާއިދަށް ޚިޔާލު ހުށައެޅުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އެފުރުޞަތު މާދަމާ ހަމަ ވާނެއެވެ.

ލޭނުގެ މަސްވެރިކަން ކުރުމަށް، ހުއްދަ ދިނުމަށް ކުރަމުންދާ މަސައްކަތްތާއި ދެކޮޅަށް ރައީސް ނަޝީދު ވިދާޅުވެފައި ވަނީ، އެކަމުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް ގެއްލުން ލިބޭނެ ކަމަށެވެ. މިގޮތުން ލޭނުގައި އެންމަޑި އާއި ކޯމަހާއި މިޔަރު ފަދަ ނާޒުކު ހާލަތުގައި ވާ ދިރުންތައް ޖެހޭނެކަން ރައީސް ނަޝީދު ފާހަގަކުރައްވާފައިވެއެވެ. 

ލޭނުގެ މަސްވެރިކަމަށް ހުޅުވާލުމަށް ފުރުޞަތު ދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ، ދިވެހިރާއްޖޭގެ ކަނޑުމަހުގެ މަސްވެރިކަން އިތުރަށް ތަރައްޤީކުރުމުގެ މަޤްސަދުގައި ކަމަށް ބުނެއެވެ. އަދި ރާއްޖެއިން ލޭނުއަޅައިގެން މަސްބޭނުން އިތުރު ކުރުމަށް ސަރުކާރުން ނިންމާފައި ވަނީ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ރާއްޖެއަށް ކަނޑައަޅާފައިވާ ކޯޓާ އާއި އެއްވަރަށް ރާއްޖެއިން މަސް ނުބާނާތީ ކުރިޔަށް އޮތް ތަނުގައި އެ ކޮމިޝަނުން ރާއްޖެއަށް ދޭ ކޯޓާގެ އަދަދު މަދުކޮށްފާނެތީ ކަމަށްވެސް ބުނެފައިވެއެވެ.

ރާއްޖޭގައި ލޭނުގެ މަސްވެެރިކަން ފުޅާކުރުމާއި ދެކޮޅަށް ތިމާވެއްޓަށް ލޯބިކުރާ ފަރާތްތަކުންނާއި، ބޮޑު ކަންނެލީގެ މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ފަރާތްތަކުންވެސް ދަނީ ޝުއޫރު ފާޅުކުރަމުންނެވެ.

ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރައްވާފައިވާ ޓްވީޓް --

ކޮމެންޓް
އިތުރު އާޓިކަލް
20 Aug 2025
ޚަބަރު
ދީނީ ފަންޑެއްތޯ ނުވަތަ ޓޫރިޒަމް ވެންޗާއެއްތޯ؟
މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އާދަޔާ ހިލާފު ފެންގަނޑަކަށް ފިޔަވަޅު އަޅަމުންދާއިރު، ސަރުކާރުގެ ކޯރިޑޯތަކުގައި މަޑުމަޑުން ތޫފާނެއް އަރަމުންދާއިރު — "އިސްލާމީ ފަތުރުވެރިކަން" ގެ ބެނާގެ ދަށުން މާފުށީގައި ހޮޓަލެއް ކުއްޔަށް ހިފުން، ފާޑުކިޔާ މީހުން ބުނާ ގޮތުގައި ރިސްކު ބޮޑު އަދި ސުވާލު އުފެދޭ މެންޑޭޓް ފުޅާކުރުމެވެ.
20 Aug 2025
ޚަބަރު
މިނިވަން ނޫސްވެރިކަން ނިމެނީބާ؟!
20 Aug 2025
ޚަބަރު
ކައުންސިލްތަކުގެ ދައުރުތައް އުވި ކަތީބުކަމަށް!!!؟
މިމަހުގެ ކުރީކޮޅު (ސެޕްޓެމްބަރު) ކުރިއަށްދާ މަޖިލީހުގެ ދެވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ކައުންސިލްތަކުގެ މަސައްކަތަށް ފާޑުވިދާޅުވެފަ އެވެ. "އެއްތަނެއްގައި ވެސް އޭގެ ދައުރު އަދާކުރާ އެންމެ ކައުންސިލެއް ނެތް. އެކަމުން އެއްވެސް ފައިދާއެއް ނުލިބޭ. އޭގެ ބަދަލުގައި ބޭނުންވަނީ ޖަޒީރާ ވެރިންގެ ދަށުން އިދާރީ މެޝިނަރީ ހަރުދަނާކުރުން. ޖަޒީރާ ހިންގުން އިސްލާހު ކުރަން ނުކުޅެދިއްޖެ ނަމަ ދެން މި ކައުންސިލްތައް ބެހެއްޓުމުގެ ބޭނުމެއް ނެތް،" ޝަރީފް ވިދާޅުވި އެވެ.
03 Jul 2025
ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި
ސިންގަޕޫރުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށް، އެ ޤައުމަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މާލެވަޑައިގަންނަވައިފިއެވެ.